މިސްކިތް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހެދި އެންމެ ބޮޑު މިސްކިތް ހުޅުވައިފި

މަސްޖިދު ހަސަން އާދަމް
0%
0%
0%

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިހާތަނަށް ހަދާފައިވާ އެންމެ ބޮޑު މިސްކިތް މިއަދު ހުޅުވައިފި އެވެ.

މުނިހޯމް ކެއާ އިން ހަދާފައިވާ މި މިސްކިތް މިއަދު ހުކުރު ނަމާދާ ދިމާކޮށް ހުޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ނިރޮޅު މަގުގައި ހުޅުވާފައިވާ މި މިސްކިތަކީ ވަރަށް ބޮޑު ހަރަދެއް ކޮށްގެން ހަދާފައިވާ މިސްކިތަކަށް ވާތީ އާއި ރޯދަ މަހާ ދިމާކޮށް މިސްކިތް ހުޅުވޭ ވަރަށް ހުރިހާ ކަމެއް ހަމަޖައްސައިދިނީތީވެ މިނިސްޓަރު ޝަހީމް ވަނީ މުނިހޯމް ކެއާ އަށް ޝުކުރު އަދާކުރައްވާފަ އެވެ.

ޝަހީމް ވިދާޅުވީ "މަސްޖިދު ހަސަން އާދަމް"ގެ ނަމުގައި ހުޅުވި މި މިސްކިތާ ގުޅިގެން ހިޔާ ސަރަހައްދުގައި އުޅޭ މީހުންނަށް ވަރަށް ބޮޑަށް ފަސޭހަ ވާނެ ކަމަށެވެ.

"ދުއާ އަކީ މި މިސްކިތް ބިނާ ކުރެއްވި ފަރާތުގެ މުދަލުގައި ބަރަކާތް ލެއްވުން،" ޝަހީމް ވިދާޅުވި އެވެ.

މިއީ 1،500 މީހުންނަށް އެއް ފަހަރާ ނަމާދުކުރުމުގެ ޖާގަ އޮތް ދެ ފަންގިފިލާ ހިމެނޭ މިސްކިތެކެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިއަދު ހުޅުވި ދާއިމީ މިސްކިތަކީ ދެވަނަ ފިޔަވަހީގައި ހުޅުވި ދެވަނަ ދާއިމީ މިސްކިތެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910