ހުޅުމާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ވަގުފް އިމާރާތް -- ދާރުއްސަލާމް" އިމާރާތްކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.
ދާރުއްސަލާމް އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގަ އެވެ. މިއީ 12 ބުރީގެ އިމާރާތެކެވެ.
މި އިމާރާތުގެ މަސައްކަތް ކޮންޓްރެކްޓާ ފައިނޭންސް އުސޫލުންކޮށްދޭނެ ބަޔަކު ހޯދަން އިސްލާމިކް މިނިސްޓްރީން ވަނީ އިއުލާނުކޮށްފަ އެވެ.
މަޝްރޫއުގެ ޕްރީ-ބިޑް ބައްދަލުވުން މިމަހުގެ 26 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު ސެޕްޓެމްބަރު އަށްވަނަ ދުވަހުގެ ހެނދުނު 11:00 އަށް ޕްރޮޕޯސަލް ހުށަހަޅަން ޖެހެ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މީގެ ކުރިން ވިދާޅުވި ގޮތުގައި "ދާރުއްސަލާމް" ވަގުފް ބިނާ ވެގެންދާނީ ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު ވަގުފް އިމާރާތަށެވެ.
މީގެ އިތުރުން މާލޭގައި "ދާރުލްއަރްގަމް" ނަމުގައި ވަގުފް މަޝްރޫއެއް ކުރިއަށް ވަނީ ނިންމާފަ އެވެ.
ވަގުފް އިމާރާތެއްގެ ގޮތުގައި މިވަގުތު ރާއްޖޭގައި ހުރި ހަމައެކަނި އިމާރާތަކީ މަޖިީދީ މަގުގައި މާފަންނު މަދަރުސާ އާއި އިންވެގެން ހުރި އިމާރާތެވެ.