އިސްލާމިކް މިނިސްޓްރީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެންމެ ބޮޑު މިސްކިތް ހުކުރު ދުވަހު ހުޅުވަނީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އެންމެ ބޮޑު މިސްކިތް ހުކުރު ދުވަހު ހުޅުވަން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި މި މިސްކިތުގައި 1،500 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭވަރުގެ ބޮޑު މިސްކިތެކެވެ.

މި މިސްކިތް ހުޅުވުމުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރައްޔިތުންނަށް ރޯދަ މަހު ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެކަން ޝަހީމް ފާހަގަކުރެއްވި އެވެ.

މި މިސްކިތަކީ މުނިހޯމް ކެއާ އިން ހަދާ މިސްކިތެކެވެ.