މި އަހަރުގެ މިހާތަނަށް އެކި ލޯނުތަކަށް 50 މިލިއަން ޑޮލަރު (777 މިލިއަން ރުފިޔާ) ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާއްމުކުރި ވީކްލީ މާލީ ރިޕޯޓް ދައްކާ ގޮތުން މި އަހަރު ލޯނުތަކަށް 2.8 ބިލިއަން ރުފިޔާ ދައްކަން ކަނޑައަޅާފައިވާއިރު މިހާތަނަށް 777.4 މިލިއަން ރުފިޔާ ވަނީ ދައްކާފަ އެވެ.
ނަމަވެސް މިދިޔަ އަހަރު 3.3 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ދައްކާފައިވެ އެވެ. އަދި މަލްޓިޕްލް އެޖެންސީތަކަށް 13.4 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ.
ރާއްޖޭގެ ޖުމްލަ އަދަނި މި އަހަރު ނިމެންވާއިރަށް 100 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ވަނީ ބެލިފަ އެވެ.
ނަމަވެސް، ރާއްޖެ ދަރަނި ދެއްކުމުގައި އެއްވެސް ދަތިކަމެއް ނޫޅޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފަ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެއް އަހަރެއްގެ ތެރޭގައި މިހާތަނަށް އެންމެ ބޮޑު އަދަދެއްގެ ދަރަނި އަދާކުރަން ޖެހޭނީ 2026 ވަނަ އަހަރު އެވެ.
އެ ދަރަންޏަކީ މިދިޔަ އަހަރު ބޭރަށް ވިއްކަން ހުޅުވާލި 500 މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ) ގެ ސްކޫކް އަށް އަނބުރާ ދަކަން ޖެހޭ ދަރަންޏެވެ. މީގެ އިތުރުން ހިމެނެނީ އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް ފަންޑު (އޭޑީއެފްޑީ) ލޯނުގެ ގޮތުގައި ނެގި 100 މިލިއަން (1.5 ބިލިއަން ރުފިޔާ) އެވެ. މި ލޯނު އަނބުރާ ދެއްކުން ވަނީ ތިން އަހަރަށް އަނބުރާ ދެއްކުން ފަސްކޮށްދީފަ އެވެ.