ދައުލަތުގެ ދަރަނި

ލޯނުތަކަަށް 583.3 މިލިއަން ހޭދަކޮށްފި

Mar 11, 2022
2

ރާއްޖޭގައި ނަގާފައިވާ ލޯނުތަކަށް 583.3 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ރިޕޯޓުގައިވާ ގޮތުން ދައުލަތުން ނަގާފައިވާ ލޯނުތައް ދެއްކުމަށް 583.3 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނު ދައްކަން ހޭދަކޮށްފައިވަނީ 170.2 މިލިއަން ރުފިޔާ އެވެ.

މި އަހަރު ލޯނު ދައްކަން ހޭދަވާނެ ކަމަށް އަންދާޒާ ކޮށްފައިވަނީ ތިން ބިލިއަން ރުފިޔާ އެވެ.

ރާއްޖޭގެ ދަރަނި މަތިވަމުން ދިއުމުގެ މައްސަލަ އަށް ހައްލެއް ހޯދުމަށްޓަކައި ސަރުކާރުން ވަނީ ދަރަނީގެ މައިތި ކުރާނެ ސިޔާސަތަކެއް އިއުލާނުކޮށްފަ އެވެ. ދަރަނީގެ މި ތަސައްވުރުގައިވާ ގޮތުން 2023 ނިމެންވާއިރަށް ދައުލަތުގެ ޑައިރެކްޓް ދަރަނި ޖީޑީޕީގެ ނިސްބަތުން 105 ޕަސެންޓަށް ތިރިކުރުމަކީ އަމާޒެކެވެ. މީގެ އިތުރުން 2023 ނިޔަލަށް ޕްރައިމަރީ ބަޖެޓު ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން ފަސް ޕަސެންޓަށް ތިރިކުރުމާއި ބަޖެޓު ޑެފިސިޓް އަދި ދައުލަތުގެ ދަރަނި އަހަރަކަށްފަހު އަހަރެއް ކުޑަވަމުންދާ މިސްރާބެއްގައި މެދުރާސްތާގައި ބެހެއްޓުމަކީ ވެސް އަމާޒެކެވެ.