މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ރާއްޖޭގައި ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރެއް ގާއިމްކުރަނީ

ރާއްޖޭގައި ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރ ޤާއިމް ކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމަށާއި ވާންޖެހޭ ތައްޔާރީތައް ވުމަށްޓަކައި ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އާއިއެކު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.

މި ބައްދަލުވުމުގައި ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރ ހިންގުން ކަރެކްޝަނަލް ސަރވިސް އާއި ހަވާލު ކުރުމަށްޓަކައި އިންފްރާ ސްޓްރަކްޗަރ އަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގައި އެންޑީއޭ އާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެން ކުރިއަށް ގެންދެވޭނެ ގޮތެއްގެ މައްޗަށެވެ.

މަހުގެ 27 ވަނަ ދުވަހުގެރޭ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާޙް ކުރުމަށް މާލޭ ޖަލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު އުމަރު ނަސީރުވަނީ މި މަސައްކަތަކީ ކަރެކްޝަނަލް ސަރވިސްގެ މަސައްކަތް ތަކުގެ ތެރެއިން ކުރައްވަން ނިންމަވާފައިވާ މަސައްކަތެއްކަމަށް ވިދާޅުވެފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޙުޝާމް ގެ އިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިސްވެރިން ބައިވެރިވެލެއްވިއެވެ. އަދި ނެޝަނަލް ޑްރަގް އެޖެންސީގެ ސީނިއަރ ބޭފުޅުން މި ބައްދަލުކުރެއްވުމުގައި ބައިވެރިވެލެއްވިއެވެ.