ހަބަރު

ފުވައްމުލަކުގައި ޒުވާނަކު ދަންޖެހިގެން މަރުވެއްޖެ

ފުވައްމުލަކު ގައި 22 އަހަރުގެ ޒުވާނަކު ދަން ޖެހިގެން މަރުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފުވައްމުލަކުގައި ދަންޖެހިގެން މީހަކު މަރުވި ކަމުގެ ރިޕޯޓް މިއަދު ހެނދުނު ހަތެއް ޖަހާކަށް ހާއިރުކޮށްފައިވާ ކަމަށެވެ.

އަދި އެމިހާ ދަންޖެހިގެން މަރުވެފައި އޮއްވާ ފެނުނީ ފަޅުގެއެއްގެ ތެރެއިން ކަމަށް ފުލުހުން ބުނެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާ އޮތީ މަރުވެފަ އެވެ. އަދި އޭރު އޭނާ މަރުވިތާ ހައެއްކަ ގަޑިއިރު ވެދާނެ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

އެނގިފައިވާ ގޮތުގައި މަރުވެފައި ވަނީ އެރަށު ދިގުވާޑު ކައިރުގެ، ޝާދު މުހައްމަދު އެވެ.