ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ރައީސްގެ ހާއްސަ ސްކޮލާޝިޕަށް ހުޅުވާލައިފި

May 30, 2022

ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލާޝިޕް ލިބޭ ދަރިވަރުން ސްކޮލާޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

މި ސްކޮލާޝިޕަށް ކުރިމަތިލެވޭނީ މަތީ ސާނަވީ އިމްތިހާނު ނިންމާ ދަރިވަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލާޝިޕް ލިބޭ ދަރިވަރުނަށާއި ހައި އެޗީވާސް ސްކޮލާޝިޕް ލިބޭ ދަރިވަރުންނަށެވެ.

ސްކޮލާޝިޕް ލިބޭ ދަރިވަރުންނަށް އެ ކުއްޖަކު ކިޔަވަން ބޭނުންވާ ދާއިރާއަކުން ކިޔަވަން ބޭނުން ގައުމަކު ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ހުރިހާ ހަރަދެއް ސަރުކާރުން ހަމަޖައްސައިދޭނެ އެވެ.

ސްކޮލާޝިޕަށް ކުރިމަތިލުމުގެ ޝަރުތު

  • ދިވެހިރާއްޖޭގެ ސްކޫލް / މަދަރުސާއެއްގެ ދަރިވަރެއްގެ ގޮތުގައި 2021 ވަނަ އަހަރު މަތީ ސާނަވީ އިމްތިހާން ނުވަތަ ޝަހާދާ ސާނަވީ އިމްތިހާން ހެދި ދިވެހި ދަރިވަރަކަށް ވުން.
  • އިސްލާމް" އާއި "ދިވެހި" ހިމެނޭ ގޮތަށް ފަސް މާއްދާއިން އޭ ސްޓާ ފާސް ހޯދާފައިވުން ނުވަތަ ޝަހާދާ ސާނަވީ އިމްތިހާނުގައި ބައިވެރިވި ހުރިހާ މާއްދާއަކުން އޭ ސްޓާ ހާސިލްކޮށްފައިވުން.
  • ޖީސީއީ އޯލެވެލް / އައިޖީސީއެސްސީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީގްރޭޑެއް ލިބިފައި އޮތުން.

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މި ސްކޮލާޝިޕްގެ އުސޫލު ހަމަޖެހިފައިވާ ގޮތުން ސްކޮލާޝިޕަށް ޝަރުތު ހަމަވާ ކުދިން ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި މި ފުރުސަތުގެ ބޭނުން ހިފައި ކިޔަވަން ފަށަން ޖެހޭތީވެ ދަރިވަރުންގެ ފަރާތުން ނިންމަންޖެހޭ ކަންކަން އަވަސްކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދޭ ކމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ގެންދަވަނީ ތައުލީމީ ޖީލެއް ބިނާކުރުމަށް ބާރުއެޅުމުގެ ގޮތުން ފުރަތަމަ ޑިގްރީއަށް ކިޔަވަން ބޭނުންވާ ބޭފުޅުންނަށް ފުރަތަމަ ޑިގްރީގެ ކޯސް ފީގެ ހުރިހާ ހަރަދެއް ކޮށްދެމުންނެވެ.