ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާމިނަތު މުހައްމަދު ސަލީމް އެމްޑީޕީއަށް ސޮއިކުރައްވައިފި އެވެ.
އާމިނަތު މުހައްމަދު ސަލީމް އިއްޔެ އެމްޑީޕީއަށް ސޮއިކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ހާޒިރުގަ އެވެ.
އޭނާ އެމްޑީޕީއަށް ސޮއިކުރެއްވީ އިތުރު 50 މެންބަރުންވެސް އެމްޑީޕީއަށް ހޯދައިދީފަ އެވެ. އާމިނަތުގެ ފޯމުތަކާ ހަވާލުވެވަޑައިގަތީ ރައީސް ސޯލިހް އެވެ.
އަވަސްއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އާމިނަތު މުހައްމަދު ވިދާޅުވީ އެމްޑީޕީއަށް ސޮއި ކުރެއްވީ ޖޭޕީގެ އޭނާ ކުރިން ހުންނެވި ޖުމްހޫރީ ޕާޓީގެ ކަންކަން ހުރި ގޮތުން އެ ޕާޓީއާ އެކު ކުރިއަށް ދެވޭނެ ކަމަށް ގަބޫލުނުކުރައްވާތީ ކަމަށެވެ.
މަތީ ތައުލީމުގެ ދާއިރާގެ ކުރިއެރުވުމަށް ރައީސް ސޯލިހް ކުރައްވާ މަސައްކަތަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވަމުން އޭނާ ވިދާޅުވީ ރައީސް ސޯލިހް ފިޔަވާ އެހެން ވެރިޔަކު މަތީ ތައުލީމުގެ ދާއިރާއަށް އެވަރުގެ މަސައްކަތެއް ނުކުރައްވާ ކަމަށެވެ.
"ރައީސް އިބްރާހިމް މުހައްމަދް ސޯލިހު ދެވަނަ ދައުރަކަށް ގެނައުމަށް އަޅުގަނޑުމެން މަސައްކަތް ކުރަން ބޭނުންވަނީ މިދެންނެވި އެތައް ސަބަބަކާ ގުޅިގެން،" އޭނާ ވިދާޅުވި އެވެ.
އާމިނަތު މުހައްމަދު މީގެ ކުރިން ހުންނެވީ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރެއްގެ ގޮތުގަ އެވެ.