އެމްއެންޑީއެފް

ގެއްލުނު ދޯނި ފެނިއްޖެ

Jun 1, 2022
1

ސަފާރީއެއްގައި ކަފުޖަހައިގެން ގެންދަނިކޮށް ގެއްލުނު "މާކޯނި" ދޯނި ހޯދަނިކޮށް ފެނިއްޖެ އެވެ.

މިއަދު ހެނދުނު 9:00 ޖަހާއެހާއިރު ދޯނި ފެނިފައިވާ ކަމަށް ސިފައިންގެއިން ބުނެ އެވެ. ނަމަވެސް ފެނުނު ވަކި ތަނެއް ނުބުނެ އެވެ.

އެމްއެންޑީއެފް އިން ބުނީ 23 ފޫޓުގެ މާކޯނި ދޯނި ގެއްލުނީ މާލެއިން ފުރައިގެން ނ. އަތޮޅުގައި ހިންގާ ސޮނެވާ ޖާނީއަށް ދަތުރުކުރި ސަފާރީއެއްގެ ކަފުގައި ގެންދަނިކޮށް ކަމަށެވެ.

ފަރުމަސްވެރިކަން ކުރާ ދޯނި ގެއްލުނީ ކަފުޖަހާފައިވާ ވާގަޑު ކަނޑައިގެން ދިއުމާ ގުޅިގެންނެވެ.

ޅ. ކުރެންދޫގެ އެއް މޭލު ބޭރުން ދޯނި ގެއްލުމާ ގުޅިގެން ސިފައިންގެ އަށް ރިޕޯޓް ކޮށްފައިވަނީ ރޭ 10:35 ހާއިރު އެވެ.