ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއާ މަޝްވަރާ ކުރެއްވުމުގައި 100 ގަޑިއިރު ހޭދަ ކުރެވިއްޖެ ކަމަށް ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވި ގޮތުގައި ފާއިތުވި ހައެއްކަ މަހު ތެރޭގައި އެހާ ގިނަ ވަގުތު ހޭދަކުރެވުނު ނަމަވެސް އަމިއްލަ ޑީލެއް ނުހައްދަވާ ކަމަށެވެ.
ޔުކްރޭންގެ ހާލަތާ މެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަަމަށް ވިދާޅުވެ މެކްރޮން ވިދާޅުވީ އެހާ ގިނަ ވަގުތު ހޭދަކުރެއްވީ މަސްލަހަތަށް ޓަކައި ކަމަށާއި ޔުކްރޭންގެ ރައީސް ޒެލެންސްކީ ވެސް އެކަމަށް އެދި ވަޑައިގެންނެވި ކަމަށެވެ.
ޕޫޓިއަށް އަދި ރަޝިއާއަށް ވެސް ހިތްބަރުކަމެއް ނެތް ކަމަށް ވިދާޅުވެ މެކްރޮން ވިދާޅުވި ގޮތުގައި މަސްލަހަތަށް އެންމެ މުހިންމީ މަޝްވަރާ އެވެ. އޭނާ އަދި ވިދާޅުވީ އެނޫން ގޮތަކަށް ޔުކްރޭން މައްސަލައަށް އަވަސް ހަލެއް އޮތް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.
މެކްރޮން ވިދާޅުވި ގޮތުގައި މެދުވެރިއެއްގެ ރޯލަށް ފްރާންސް ކުފޫަހަމަވެ އެވެ. ޕޫޓިންއާ އެހާ ގިނައިން ވާހަކަދެކެވި މަޝްވަރާ ކުރެވެމުން ސުލްހައިގެ މެދުވެރިއަކަށް ދަރަޖަ ހެޔޮވަރު ގައުމަކީ ޕްރާންސް ކަމަށް ގަބޫލު ކުރެވޭ ކަމަށް ވިދާޅުވި އެވެ.
ހަނގުރާމައެއްގައި ދެކޮޅަށް ވެސް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް މެކްރޮން ވިދާޅުވި އެވެ. އެހެންކަމުން ދެ ގައުމަށް ވެސް އޮތް އެންމެ ފައިދާ ބޮޑު ގޮތަކީ އަވަސް މުއްދަތެއްގައި ހަނގުރާމަ ހުއްޓާލައި އުމްރާނީ ތަރައްގީއަށް އެނބުރުން ކަމަށް ވެސް ވިދާޅުވި އެވެ.
މެކްރޮން އަދި ވިދާޅުވީ ޕޫޓިންއާ އަދިވެސް މަޝްވަރާ ކުރައްވާނެ ކަމަށާއި އުންމީދު ދޫކޮށް ނުލައްވާނެ ކަމަށެވެ.