ހަބަރު

މާވަހަރު ގަންނަން ދުބާއީ ބަޔަކު ކޮމަންޑޫއަށް

މިދިޔަ މަހު ށ. ކޮމަންޑޫގައި ހޮވި މާވަހަރު ވިއްކާލުމުގެ ފަހުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި މާވަހަރު ގަތުމަށް ދުބާއީ ބަޔަކު ކޮމަންޑޫއަށް ހިނގައްޖެ އެެވެ.

މާވަހަރު ހޮވި އެރަށު ވާދީ، އަބްދުއްރަހީމް ހަސަން މިއަދު އަވަސް އަށް އިންޓަވިއު ދެމުން ބުނީ މިހާރު ކުރިއަށްދަނީ ވިޔަފާރީގެ އެ މުއާމަލާތް ނިންމާލުމުގެ އެންމެ ފަހު މަރުހަލާ ކަމަށެވެ.

އަބްދުއް ރަހީމް ހޮވި 30 ކިލޯގެ މާވަހަރު ވިއްކަން މަސައްކަތް ކުރަނީ ގްރާމެއް 37 ޑޮލަރަށެވެ. ނަމަވެސް އެ އަގަށް އަދިވެސް މުޅިން އެއްބަސް ނުވެވެ އެވެ. އޭނާ ހޮވި މާވަހަރުގެ އަގު ބޮޑު ބާވަތެއް ކަމަށްވާ ހުދަންބަރުގެ އަގު މިހާރު ހުރި ރޭޓުން ވިއްކާލެވިއްޖެ ނަމަ 17 މިލިއަނެއްހާ ރުފިޔާ ލިބޭނެ އެވެ.