އެސްޓީއޯގެ ސުޕަމާކެޓަށް ވަދެ ބަލައިލާއިރު ލޮލުގައި އަޅައިގަންނަނީ އިލެކްޓޯނިކްސް ގިނަ އުފެއްދުންތަކުގައި ހުރި އިތުރު ސްޓިކާ އެކެވެ. އެ ސްޓިކާގައި ހުރީ ތަރިތަކެވެ. އެސްޓީއޯގެ އުފެއްދުންތަކުން މި ފެންނަނީ ކޮން ތަރި ތަކެއް ހެއްޔެވެ؟ މި ތަރިތަކުންދޭ މާނައަކީ ކޮބައި ހެއްޔެވެ؟
"އެހެން މީހުން ވެސް ފަދަ އޭސީ ފަދަ ސާމާނު ވިއްކާ. އެކަމަކު އެސްޓީއޯގެ އުފެއްދުންތަކުން ދެނީ އުފެއްދުންތަކުގެ ކޮލިޓީގެ ޔަގީންކަން. މިހާރު ދީފައިވާ ހަކަތަރި ލޭބަލުން އެ ބުނަނީ މި ޕްރޮޑަކްޓުތަކަކީ ވަކި މިންގަނޑަކަށް ފެތޭ ތިމާވެއްޓާ ރަހުމަތްތެރި އުފެއްދުންތަކެއްކަން،" އެސްޓީއޯގެ އޮފިޝަލް ވިދާޅުވި އެވެ.
އެސްޓީއޯ އިން ވިއްކާ ރެފްރިޖަރޭޓަރާއި އެއާ ކޮންޑިޝަން އަދި ދޮންނަ މެޝިތައް "ހަކަތަރި" ދީފައިވަނީ މި އުފެއްދުތަކުގެ ޔަގީންކަމަށް ބަލާފަ އެވެ. ހާއްސަކޮށް މި އުފެއްދުންތަކުން ކަރަންޓު ބޭނުންކުރާ މިންވަރު ދެވަނަ ފަރާތަކުން ބަލައި ޔަގީންކަން ދިނުމަކީ މި ގަންނަ ފަރާތްތަކަށް ލިބޭނެ ބޮޑު ހިތްހަމަ ޖެހުމެކެވެ. މި ޔަގީނަން ދީފައިވަނީ އެންވަޔަރުމަންޓް މިނިސްޓްރީންނެވެ.
ތަރި ތަކެއް ޖަހާފައިވާ މި އިސްޓިކާއިން ދޭ މެސެޖަކީ މި އުފެއްދުންތަކަށް ލިބޭ ޔަގީންކަމެވެ. މި ހުރިހާ އުފެއްދުން ތަކަކީ ވެސް އެނަޖީ އެފިޝިއެންޓް އުފެއްދުންތަކެވެ. މިގޮތުން އެސްޓީއޯ އިން ވިއްކާ ގިނަ ބަޔަކު ބޭނުންކުރާ ފްރިޖު އަދި އޭސީތަކަށް މި ލޭބަލް ލިބުމަކީ ކަސްޓަމަރުންނަށް ލިބިގެންދާނެ ޔަގީން ކަމެކެވެ.
ހަކަތަރި ލޭބަލް ދީގެން ސަރުކާރުން ނެރެން ބޭނުންވާ ނަތީޖާއަކީ ކުރިއަށް އޮތް 10 އަހަރު ތެރޭގައި ތިން މިލިއަން ޓަނުގެ ކާބަންޑައި އޮކްސައިޑް މަދު ކުރުމެވެ. އެ މަގުސަދަށް ދާން އެސްޓީއޯގެ އިލެކްޓޯނިކް ސާމާނު މިވަނީ ކުރީ ސަފަށް ނެރެފަ އެވެ. އެ ކުންފުނީގެ ތިމާވެއްޓަށް އަހަމިއްޔަތުކަން ދިނުމުގެ ސިޔާސަތުގެ ދަށުން ފެށި މި މަސައްކަތާއެކު ކަސްޓަމަރުންނަށް ވެސް މި އުފެއްދުންތަކުގެ އޮރިޖިނަލް ކަމާމެދު ދެވަނަ ފަރާތެއްގެ ޔަގީންކަން ލިބުނީ އެވެ.