އެއް ފަހަރާ 30 އެނދުގެ ގިނަ ހޮސްޕިޓަލް ތަކެއް އަޅާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި ކުދި ހޮސްޕިޓަލްތަކެއް ހަދަން ސަރުކާރުން ހިންގަން ނިންމާފައިވާ މަޝްރޫއުގެ ދަށުން 18 ރަށެއްގައި ހޮސްޕިޓަލް އަޅާނެ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވަނީ ވިދާޅުވެފަ އެވެ. އެގޮތުން މި ހޮސްޕިޓަލްތައް އަޅާނެ ބައެއް ރަށްތައް ފިނޭންސުން މިއަދު ވަނީ އިއުލާނުކޮށްފަ އެވެ. މި މަސައްކަތަަށް ކުރިމަތިލާ ފަރާތްތަކުން 35،000 ޑޮލަރުގެ ބިޑް ސެކިއުރިޓީއެއް ބަހައްޓަން ޖެހެ އެވެ.
ހޮސްޕިޓަލް އަޅާނެ ރަަށްތައް
- ހދ.ހަނިމާދޫ
- ށ.މިލަންދޫ
- ނ.ވެލިދޫ
- ކ.ތުލުސްދޫ
- އދ.މާމިގިލި
- ވ.ފެލިދޫ
- ތ.ވިލުފުށީ
ކުދި ހޮސްޕިޓަލް އަޅަން ހިންގާ މަޝްރޫއަކީ ކުވެއިތު ފަންޑުން އެހީ ލިބިގެން ހިންގާ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލްތައް އެޅުމަކީވެސް ސަރުކާރުގެ ވައުދެކެވެ. ނަމަވެސް އެ މަސައްކަތުގެ އަމަލީ އެއްވެސް ކަމެއް މިހާތަނަށް ފެށިފައެއް ނުވެ އެވެ.