ފިނޭންސް މިނިސްޓްރީ

ޖަޕާނުން ރާއްޖެއަށް ދެ މިލިއަން ޑޮލަރުގެ އެހީ

ޖަޕާނުން ރާއްޖެއަށް ދެ މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ދީފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މިއަދު މިނިސްޓަރު އަމީރު ޔޫއެސްޑީގެ ޓެކްނިކަލް އެސިސްޓަންސް އެގްރީމެންޓްއެއްގައި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އާއިއެކު ސޮއި ކުރައްވާފައިވާ ކަމަށެވެ.

މިއަދު ހެނދުނު ފިނޭންސް މިނިސްޓްރީގައި ބޭއްވި އެ ރަސްމިއްޔާތުގައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނައީ ވެސް ބައިވެރިވަޑައިގެންނެވި އެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް 2050،000 ޑޮލަރު ދޭނެ އެވެ. އޭގެ ތެރެއިން ދެ މިލިއަން ޑޮލަރަކީ ޖަޕާން ފަންޑް ފޯ ޕަވާ ޓީ ރިޑަކްޝަންގެ ހިލޭ އެހީއެކެވެ.