މޯލްޑިވްސް ނޭޝަނަލް ޕާޓީ

400 ބައިވެރިންނާއެކު އެމްއެންޕީ ގޭމިން މުބާރާތް

އެމްއެންޕީގެ ޔޫތު ވިންގުން މޯލްޑިވްސް ޔުނިފައިޑް ގޭމިންއާ ގުޅިގެން ބާއްވާ ފީފާ ޑަބަލްސް މުބާރާތް -- އަހުމަދު އަޒާން | އަވަސް
0%
0%
0%

އެމްއެންޕީގެ ޔޫތު ވިންގުން މޯލްޑިވްސް ޔުނިފައިޑް ގޭމިންއާ ގުޅިގެން ބާއްވާ ފީފާ ޑަބަލްސް މުބާރާތް ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސްފި އެވެ. މިއީ ރާއްޖޭގައި މިފަދަ މުބާރާތެއް މިހާ ބޮޑުކޮށް ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރެވެ.

މުބާރާތުގައި ޖުމްލަ 400 ބައިވެރިން ވަނީ ވާދަކޮށްފައެވެ. 200 ޓީމު ބައިވެރިވެފައިވާ މި މުބާރާތުގެ އިނާމުގެ ގޮތުގައި ޖުމްލަ 20،000 ރުފިޔާ ވަނީ ހުށަހަޅާފައެވެ. އެއީ މުބާރާތުން އެއްވަނަ އަށް 8،000 ރުފިޔާ، ދެވަނައަށް 5،000 ރުފިޔާ އަދި ތިންވަނަ 3،000 ރުފިޔާއެވެ. ހަވަރުވަނަ އަށް 1،000 ރުފިޔާ ވަނީ ހުށައަަޅާފައެވެ.

އެމްއެންޕީގެ ޔޫތު ވިންގުން މޯލްޑިވްސް ޔުނިފައިޑް ގޭމިންއާ ގުޅިގެން ބާއްވާ ފީފާ ޑަބަލްސް މުބާރާތް -- އަހުމަދު އަޒާން | އަވަސް

މީގެ އިތުރުން ފަސްވަނަ އިން 8 ވަނަ އަށް ކޮންމެ ޓީމަކަށް 500 ރުފިޔާގެ އިނާމެވެ. އެންމެ ގިނަ ލަނޑު ޖަހާ ޓީމަކަށް 1،000 ރުފިޔާ ހުށައަޅާފައިވެއެވެ.

މުބާރާތުގެ ކުޅުން މިއަދާއެކު ނިމޭނެ އެވެ. މުބާރާތުގެ ވަނަވަނައަށް އައި ޓީމުތަކަށް އިނާމު ހަވާލު ކުރުމަށް މާދަމާ ރޭ ހާއްސަ އިވެންޓެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

އެމްއެންޕީގެ ޔޫތު ވިންގުން މޯލްޑިވްސް ޔުނިފައިޑް ގޭމިންއާ ގުޅިގެން ބާއްވާ ފީފާ ޑަބަލްސް މުބާރާތް -- އަހުމަދު އަޒާން | އަވަސް

މިމުބާރާތް ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން އެމްއެންޕީގެ ނާއިބު ރައީސް ހުސައިން އިސްމާއީލް ވިދާޅުވީ މި މުބާރާތަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ގޭމިން މުބާރާތް ކަމަށެވެ. އަދި އެމްއެންޕީއަކީ ޒުވާނުންގެ އިހުސާސުތައް ދަންނަ ޕާޓީއެއް ކަމަށާއި އަބަދުވެސް އެމްއެންޕީ ތިބޭނީ ޒުވާނުންނާއެކު ކަމުގައެވެ.

އެމްއެންޕީ ޔޫތު ވިންގެ ލީޑަރު އުމައިރު އަހްމަދު ވިދާޅުވީ އެމްއެންޕީން ގޭމިން އަދި އީ-ސްޕޯޓްސް ކުރިއަރުވަން ބޭނުންވާ ކަމަށާއި އެހެން ގޭމްތައް ހިމެނޭހެން މިފަދަ އިތުރު މުބާރާތްތައް ކުރިޔަށް އޮތް ތަނުގައި އިންތިޒާމު ކުރާނެ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910