މޯލްޑިވްސް ނޭޝަނަލް ޕާޓީ

އެމްއެންޕީން ބޭއްވި ޕީއެސް މުބާރާތް ކާމިޔާބު ކަމާއެކު ނިންމާލައިފި

މޯލްޑިވްސް ނެޝަނަލް ޕާޓީގެ ޔޫތު ވިންގާއި މޯލްޑިވްސް ޔުނިފައިޑް ގޭމިންގއާ ގުޅިގެން ބޭއްވި ޕީއެސް 5 ފީފާ 2022 ޑަބަލްސް (2vs2) މުބާރާތް ކާމިޔާބު ކަމާއެކު ވަނީ ނިންމާލާފައި --
33.3%
66.7%
0%

މޯލްޑިވްސް ނެޝަނަލް ޕާޓީގެ ޔޫތު ވިންގާއި މޯލްޑިވްސް ޔުނިފައިޑް ގޭމިންގއާ ގުޅިގެން ބޭއްވި ޕީއެސް 5 ފީފާ 2022 ޑަބަލްސް (2vs2) މުބާރާތް ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ. މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ މުހައްމަދު ޒަމީލް އަދި މުހައްމަދު އައިމަން އަހްމަދުގެ ޕެއާ އެވެ.

މި ދެކުޅުންތެރިންގެ ވާދަކުރީ އިސްމާއީލް ޒަކުވާން ޝިހާދު އަދި އަހްމަދު ރުވައިދު ޒިވާދުގެ ޕެއާއާއެވެ. ފައިނަލްގައި ކުޅުނު ތިން މެޗުގެ ތެރެއިން ޒަމީލް އަދި އައިމަންގެ ޓީމުން ވަނީ ދެ މެޗު ކާމިޔާބުކޮށްފައެވެ.

400 އަށްވުރެ ގިނަ ބައިވެރިން އަދި 200 އަށްވުރެ ގިނަ ޓީމާއެކު ކުރިޔަށް ދިޔަ މިމުބާރާތަކީ ރާއްޖޭގައި އެންމެ ގިނަ ބައިވެރިންނާއެކު ބޭއްވި އެއް ގޭމިން މުބާރާތެވެ. ނޮކްއައުޓް ބުރަކާއި ގްރޫޕް ސްޓޭޖް މެޗުތަކެއްވެސް ހިމެނޭ ގޮތަށް ކުޅެވުނު މިމުބާރާތް ކުރިޔަށް ދިޔައީ ޖޫން ނުވަޔަކުން މިރޭގެ ނިޔަލަށެވެ.

މިރޭ ކުޅުނު ފައިނަލަށް ފަހު ބޭއްވުނު އިނާމު ދިނުމުގެ ހަފްލާ ޝަރަފްވެރިކޮށްދެއްވީ އެމްއެންޕީގެ ރައީސް ކާނަލް (ރޓޑ) މުހައްމަދު ނާޒިމެވެ.

މިރޭގެ ހަފްލާގައި ވާހަކަފުޅުދައްކަވަމުން ނާޒިމް ވިދާޅުވީ އެމްއެންޕީ އުފެދިގެން އައި އިރު ޒުވާނުންނަށް ކޮށްދެވޭނީ ކޮންކަމެއްތޯ އާއި ޒުވާނުން ބޭނުންވަނީ ކޮން ކަންތައްތަކެއްތޯ ބަލާފަ އޭގެ ބެއްލެވި ކަމަށެވެ. އެގޮތުން ފާހަގަވި އެއްކަމަކީ ރާއްޖޭގައި އީ-ސްޕޯޓްސް ކުރިއަރުވާ ޒުވާނުންނާއި ޕާޓީއާއި ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމަށް އީ-ސްޕޯޓްސްގެ އެކި ކުޅިވަރުތަކުން މިފަދަ ގިނަ ކުޅިވަރު މުބާރާތްތައް ބޭއްވުމަކީ މުހިއްމު ކަމެއް ކަމުގައެވެ.

ނާޒިމް އިތުރަށް ވިދާޅުވީ އެމްއެންޕީގެ ސިޔާސަތުތައް ރާވާއިރު ކޯޑިން އަދި އީ-ސްޕޯޓްސް ފަދަ ޒުވާނުން ބޭނުންވާ ކަން ކަމަށް އިސްކަން ދޭނެ ކަމަށެވެ.

މިގޮތުން ޔޫތު ވިންގުން ކުރިޔަށް ރާވާ ހިންގުމަށް ހަމަޖެހިފައިހުރި ހަރަކާތްތަކުގެ ތަފްސީލް އެމްއެންޕީ ޔޫތު ވިންގްގެ ފޭސްބުކް އަދި ޓްވިޓަރއިން އާންމު ކުރާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މި މުބާރާތުގެ އިނާމުގެ ގޮތުގައި ޖުމްލަ 20،000 ރުފިޔާ ވަނީ ހުށަހަޅާފައެވެ. އެއީ މުބާރާތުން އެއްވަނަ އަށް 8،000 ރުފިޔާ، ދެވަނައަށް 5،000 ރުފިޔާ އަދި ތިންވަނަ 3،000 ރުފިޔާއެވެ. ހަވަރުވަނަ އަށް 1،000 ރުފިޔާ ވަނީ ހުށައަަޅާފައެވެ. މީގެ އިތުރުން ފަސްވަނަ އިން 8 ވަނަ އަށް ކޮންމެ ޓީމަކަށް 500 ރުފިޔާގެ އިނާމެވެ. އެންމެ ގިނަ ލަނޑު ޖަހާ ޓީމަކަށް 1،000 ރުފިޔާ ހުށައަޅާފައިވެއެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އާސިމާ ހަމީދު

ނާޒިމު ސޯ މެންވެސް ވިސްނުންތި ހުންނަނީ ޒުވާނުން ގޭމުތަކުގަ ޖައްސާ އުފެއްދުންތެރި މަސައްކަތެއް ކުރުމާ ދުރުކުރުވަންތާ؟ ތި ފައިސާ ދާއިރާ ރަށްރަށުގެ ޖަމިއްޔާތަކަށް، އުފެއްދުންތެރި މަސައްކަތެއް ކުރުމަށް ޝަރުތުކޮށް ބަހާލުންވެސް މާ ފައިދާ ކުރީސް. ދިވެހިރައްޔިތުން ހޭއަރާތިބޭ ހުށިކަމެ!

އާސިމާގެ ހިތުގެ އަސްލު ޝުޢޫރު

ގޭމު ކުޅެގެން ޒުވާނަކަށް ކުރިއެރުމެއް ލިބިދާނެތީ ބައެއް ބޭފުޅުން ހިތްހަމަ ނުޖެހިދާނެ. ޑޮކުޓރަކަށް ނޫނީ އިންޖިނިއަރަކަށް ވީމަ ނޫނީ ކާމިޔާބު ކުއްޖެއް ކަމަކަށް ނުބެލެވެ. ތިކަހަލަ ކޮށި މުސްކުޅި ވިސްނުން ދޫނުކޮއްލެވޭ ހިނދަކު ގައުމު ކުރިއެއް ނާރާނެ. ގޭމް ކުޅުމުގެ ދާއިރާގެ އެއްވެސް މަޢުލޫމާތެއް ތިފަރާތަށް ނޭންގޭކަން ފާހަގަ ކޮއްލަން. ނޭންގޭ ކަންތަކާ ނުބެހުން ރަނގަޅު.

ބަޑިކޮއްކޮ

ކޮން ކާމިޔާބެއް 🤣

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910