އެމްއެންޑީއެފް

ހުޅުމާލޭގައި ހަވާ އެރުވުން ކެންސަލް ކޮށްފި

ހުޅުމާލެ ފޭސް2 ގައި މިރޭ ހަވާ އެރުވުމަށް ކުރީން ހަމަޖެހިފައި އޮތް ނަމަވެސް ހަވާ އެރުވުން ކެންސަލް ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ހަވާ އެރުވުމަށް ނިންމާފަައި އޮތީ އެމްޓިސީސީން ކުރިއަށް ގެންދާ "ހުޅުމާލޭ ފޭސް 2، ލޭންޑް ޓްރާންސްޕޯޓް ސޮލިއުޝަން" ގެ ރަސްމިއްޔާތުގައެވެ. އެ ރަސްމިއްޔާތުގައި ހަވާ އަރުވަން ނިންމާފައިވާ ކަމަށް ސިފައިން މިއަދު މެންދުރު ފަހު ހާމަކުރި އެވެ.

ނަމަވެސް ފަހުން ބުނީ ހަވާ އެރުވުމުގެ އިވެންޓް މިހާރު ކެންސަލް ވެފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް ނުދެއެވެ.

އެކި މުނާސަބަތުތަކާއި ގުޅުވާ ރާއްުޖޭގައިވެސް ހަވާ އަރުވައެވެ. އަމިއްލަ ފަރާތްތަކުން އެދިގެންވެސް ހަވާ އަރުވާ ދެއެވެ. ހަވާ އެެރުވުމުގެ ހުއްދަ އޮންނަނީ ސިފައިންގެއަށް އެކަންޏެވެ. އަމިއްލަ ފަރާތަކުން އެކަން ކުރަން ބޭނުންނަމަ ސިފައިންގެ ވިޔަފާރި ކުންފުނި ސިފްކޯއާ ގުޅުމުން ހަމަޖެހިފައިވާ އަގެއްގައި އެކަން ކޮށްދެއެވެ.