އެމްއެންޑީއެފް

އެމްއެންޑީއެފްގެ އަސްކަރީ ތަމްރީން ހުޅުމާލޭގައި ކުރިއަށްދަނީ

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ އަސްކަރީ ތަމްރީންތަކެއް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަށައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ މި ތަމްރީންތަކުގައި ބްލޭންކް ވަޒަން ބޭނުންކޮށްގެން ބަޑިޖެހުން ކުރިއަށްދާނެ ކަމަށެވެ.

މިއަދު ހެނދުނު 09:00 ޖެހިއިރު ފެށި ތަމްރީންތައް މެންދުރުފަހު 3:00ގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

އެމްއެންޑީއެފް އިން ބުނީ މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އިރު އުތުރުން 6،100 މީޓަރު ދުރަށް ކަމަށެވެ. ވަޒަން ދަތުރުކުރާނެ އުސްމިނަކީ 100 މީޓަރެވެ.

މިތަމްރީންތަކަކީ ކޮން ކަމަކާ ގުޅިގެން ކުރިއަށް ގެންދާ ތަމްރީންތަކެއް ކަމެއް އެމްއެންޑީއެފް އިން ނުބުނެ އެވެ.

އެމްއެންޑީއެފްގެ ތަމްރީންތަކެއް ބައެއް އެހެން ސަރަހައްދުތަކުގައިވެސް ކުރިއަށް އެބަދެ އެވެ.