ހުޅުމާލޭގެ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އަލިފާން ރޯވި އިމާރާތް ހުންނަނީ ހުޅުމާލޭގައި ހުންނަ އޮފީސް އިމާރާތް -- އުމަރު ޒާހިރު ބިލްޑިން ކައިރީގައި ހުންނަ އިމާރާތެކެވެ.
އަލިފާން ނިއްވުމުގެ މަސައްކަތް ސިފައިން ކުރަމުންދާއިރު ފުލުހުން ގެންދަނީ އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުންނެވެ.
ސޯޝަލްމީޑިއާގައި އާންމުވެފައި މިހާދިސާގެ ވީޑިއޯ އިން ފެނުނު ގޮތުގައި ރޯވި އިމާރާތުން ވަރަށް ބޮޑަށް ދުން އަރަ އެވެ.