އަލިފާން

ހުޅުމާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ހުޅުމާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހުޅުމާލޭ އަމިން އެވެނިއު ކައިރީގައި ހުރި ގެއެއްގެ ޓެރެސްގަ އެވެ. އަލިފާން ރޯވި ތަނުން ވަރަށް ބޮޑަށް ދަނީ ދުން އަރަމުންނެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ހުޅުމާލޭ ފަޔަ ސްޓޭޝަނުން ހަރަކާތްތެރިވަމުން އަންނައިރު ހާދިސާގެ މައުލޫމާތު ލިބުނީ ހެނދުނު 8:39 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

މި ހާދިސާގައި މީހަކަށް އަނިޔާވިކަމުގެ މައުލޫމާތު އަދި ނުލިބެ އެވެ.