ޕީއެސްއައިޕީ

ޕީއެސްއައިޕީ މަޝްރޫއުތަކަށް 2.5 ބިލިއަން ރުފިޔާގެ ހޭދައެއް

Jun 16, 2022

ޕަބްލިކް ސެންޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫއު ތަކަށް ބަޖެޓުން 2.5 ބިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީގެ ނެރެފައިވާ ހަފުތާގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ތަރައްގީގެ މަޝްރޫއުތައް ހިމެނޭ ޕީއެސްއައިޕީ މަޝްރޫއުތަކަށް 1.4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު މި އަހަރުގެ މިހާތަނަށް ޕީއެސްއައިޕީ ހޭދަ އުޅެނީ 2.5 ބިލިއަން ރުފިޔާގަ އެވެ.

މި އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ އަށް ހޭދަ ކުރުމަށް 6.3 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ.

މި ސަރުކާރުން ވެސް ތަރައްގީގެ ގިނަ މަޝްރޫއު ތަކެއް ދަނީ ހިންގަމުންނެވެ. މިގޮތުން ޕްލޭނިން މިނިސްޓްރީން މިވަގުތު 345 މަޝްރޫއު ހިނގަމުންދާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފަ އެވެ.