ގަތަރުގެ ގައުމީ އެއާލައިން، ގަތަރު އެއާވޭސް 2018 އަށް ފަހު ފުރަތަމަ ފަހަރަށް ފައިދާ ހަދައިފި އެވެ. އެއާލައިން ޚަބަރުތައް ގެނެސްދޭ ޗެނަލްތަކުން ބުނާ ގޮތުން ގަތަރުގެ މި ކާމިޔާބަކީ ހީވާގިކަމެވެ.
ދުނިޔެއަށް ފެތުރިގަތް ކޮވިޑާ ގުޅިގެން ބޮޑު ދަރަންޏެއް ބޮލުގައި އަޅައި އަދި ދަތުރުވެރިން ގޮވައިގެން ރޭވުންތެރި ކަމާއެކު ގަތަރު އެއާވޭސް ހިފެއްޓުމެއް ނެތި މަންޒިލްތަކަށް އުދުހުމުގެ ނަތީޖާ ފޮނި ކަމަށް ޚަބަރުތައް ބުނެ އެވެ.
ގަތަރު އެއާވޭސް އަކީ އެ ފްލައިތް ތަކުން ދަތުރުކުރާ މީހުން ވަރަށް ތައުރީފްކުރާ އެއާލައިނެކެވެ. ދުނިޔެއަށް އިގުތިސޯދީ ގޮތުން ކުރިމަތިވާ ނިކަމެތި ކަމުގައި ވެސް ގަތަރު އެެއާވޭސް އިން އެތަން ނުފެންނަ ކަމަށް ވަރަށް ގިނަ ދަތުރުވެރިން ބުނެ އެވެ.
ގަތަރު އެއާވޭސް އިން އަހަރު ނިންމައި ހިސާބު ޖެހިއިރު 1.5 ބިލިއަން ޑޮލަރު ފައިދާ ވެފައި އޮތްކަން ވަނީ ހާމަކޮށްފަ އެވެ. އެއާލައިނުން ބުނާ ގޮތުން އެއާލައިންގެ ޚިދުމަތަކަށް އޮތް ޑިމާންޑް އަދިވެސް އޮތީ އެވެ.
އެއާލައިނުން ހޯދި ކާމިޔާބިއަށް އުފާކުރައްވައި ސީއީއޯ އަކުބަރު އަލްބާކިރު ވިދާޅުވީ ކާމިޔާބާ މެދު ހިތްހަމަ ޖެހިވަޑައި ގަންނަވާ ކަމަށެވެ. އޭނާ އަދި ވިދާޅުވީ ހޭވެރިވުމަށް އަމިއްލަ ނަފުސަށް އިންޒާރު ދޭން ޖެހޭ ކަމަށާއި ވާދަވެރިކަމުގައި ހިފެހެއްޓުމަކީ ދެއަތް އުރާލައިގެން ވާނެ ކަމެއް ނޫން ކަމަށެވެ.
ކުންފުނި ފުޅާކުރަން ހުރި މަސައްކަތްތައް ގިނަކަން ފާހަގަ ކުރައްވައި ސީއީއޯ ވިދާޅުވީ ފްލައިޓް އިތުރުކުރުމާއި ކަސްޓަމަރުން ހޯދުމުގައި ވެސް ވިސްނުންތަކެއް އުފައްކުރަން ޖެހޭ ކަމަށެވެ.
ގަތަރު އެއާވޭސް އަށް އެންމެ ބޮޑު ގެއްލުމެއް ލިބުނީ ގަލްފް ގައުމުތަކާ އެކު އޮތް ގުޅުން ހީނަރުވެފައި އޮތް ދުވަސްވަރު އެވެ.
އީރާނާ މާބޮޑަށް ގާތްކޮށް ހިތާ ކަމަށާއި އީރާންގެ ޕްރޮކްސީ ހަނގުރާމަވެރިންނަށް ގަތަރުން ހޭދަކުރާ ކަމަށް ބުނެ ގަލްފްގެ ބައެއް ގައުމުތަކުން ގަތަރާ ގުޅުން ކަނޑާލި ނަމަވެސް މިހާރު ގައުމުތަށް ތިބީ ކޮނޑަށް އަތް އެއްލައިގެންނެވެ.