ދުނިޔެ

އެއާބަސް އާއި ޖަޒީރާ އެއާވޭސް 3.4 ބިލިއަން ޑޮލަރުގެ ޑީލެއް

ކުވޭތުގެ ޖަޒީރާ އެއާވޭސްއިން 3.4 ބިލިއަން ޑޮލަރުގެ ޑީލެއްގައި އެއާބަސްއާ އެކު އެއްބަސްވެއްޖެ އެވެ. ޖަޒީރާ އެއާވޭސް ބުނި ގޮތުން މިޑީލް ކުރިއަށް ގެންދިއުމަށް ބޯޑް އޮފް ޑައިރެކްޓަރުން ހުއްދަ ދީފައި އޮތް ކަމަށެވެ.

އެއާބަސްއާ އެކު ހެދި އެއްބަސްވުމުގެ ދަށުން ޖަޒިރާ އެއާވޭސްއިން 28 މަތިންދާބޯޓް ގަންނާނެ އެވެ. އެއާބަސްއާ އެކު ބާރުގަދަ ޑީލެއް ހަދަން އުޅޭ ކަމަށް ޖަޒީރާ އެއާވޭސްއިން އިއުލާންކުރީ ފާއިތުވި އަހަރު 2021 ގެ ފަހުކޮޅު އެވެ.

ޖަޒީރާ އެއާވޭސް ބުނި ގޮތުން އެއާބަސްއާ އެކު އަދި އިތުރު ޑީލްތައް ވެސް ހަދާނެ އެވެ. އެއާބަސްއާ އެކު ހަދާ ޑީލްތަކުގެ ގެރޭގައި ވަކި އިންޖީން ގަތުމަށް ވެސް ޖަޒީރާ އެއާވޭސް 32.2 މިލިއަން ހޭދަކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ކުވޭތީ ސްޓޮކް އެކްސްޗޭންޖަށް މި މުއާމަލާތްތަކާ ގުޅޭ ގޮތުން ޖަޒީރާ އެއާވޭސް ފޮނުވި ލިތުންތައް ބުނާ ގޮތުން މިވަރުގެ ވިޔަފާރިއަކުން ކުންފުންޏަށް އަދި އެނގުމެއް ނުވާނެ އެވެ. މާނަ އަކީ ގެއްލުމެއް އަދި އަވަސް މުއްދަތެއްގެ ތެރޭގައި ފައިދާނެއް ނުވާނެ ކަމެވެ.

ޖަޒީރާ އެއާވޭސް ބުނާ ގޮތުން އިންވެސްޓްމަންޓްގެ އުންމީދަކީ ކުންފުންޏަށް ފައިދާ ހޯދުމެވެ. އެހެން ނަމަވެސް އިންވެސްޓްމަންތް ކަވަރުކުރެވި ކުންފުންޏަށް ފައިދާވާން އަދި ދުވަސްތަކެއް ނަގާނެ އެވެ.

ކުވޭތުގެ ޖަޒީރާ އެއާވޭސްއިން އެއާބަސްއާ އެކު މަތިންދާބޯޓު ގަތުމަށް މިވަރުގެ ޑީލެއް ހަދާފައި ވާއިރު ގަތަރު އެއާވޭސްއިން ވަނީ އެއާބަސް ގޮވައިގެން ކޯޓަށް ގޮސްފަ އެވެ.

އެއާބަސްއިން ގަތަރު އެއާވޭސްއަށް ސަޕްލައިކުރި އޭ350 މަރުކާގެ މަތިންދާބޯޓުތަކުން ތޮށި ނޮޅޭ މައްސަލަ ކޮޅެއްގައި ނުޖެހި އަރާރުމަކަށް ވަނީ ބަދަލުވެފަ އެވެ.

އޭ350 މަތިންދާބޯޓުތަކުން ދަވާދު ނޮޅެން ފެށުމާއެކު ގަތަރު އެއާވޭސްއިން އެއާބަސްގެ ސަމާލު ކަމަށް އެކަން ގެންދިއަ ނަމަވެސް، ދެ ކުންފުނީގެ ދެމެދުގައި ދުވަސްތަކެއް ވަންދެން ކުރެވުނު މަޝްވަރާތައް ފޭލިވެ މި މައްސަލަ މިހާރު އޮތީ ކޯޓުގަ އެވެ.

އަނެއް ކޮޅުން ގަތަރު އެއާވޭސްއަށް އަލަށް ގަންނަން އޯޑަރުދިން އޭ321 ނިއޯ މަރުކާގެ 50 މަތިންދާބޯޓް ވެސް، އަރައިގަތް ރުޅީގައި އެއާބަސްއިން މިހާރު ވަނީ ކެންސަލްކޮށްފަ އެވެ. މިއީ ހަ ބިލިއަން ޑޮލަރުގެ ޑީލެކެވެ.