ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ -- މެޓް އޮފީހުން ހާމަކޮށްފި އެވެ.
މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ދެ ދުވަހު ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގައިވާ ރަށްތަކަށް ގުގުރުމާ އެކު ވިއްސާރަ ކުރާނެ ކަމަށެވެ.
ކުރިއަށް އޮތް ދެ ދުވަހު މާލެ ސަރަހައްދަށް ވެސް ވިއްސާރަ ކުރާނެ ކަމަށާއި ނަމަވެސް އުތުރުގެ ރަށްތަކަށް މޫސުން އެހާ ގޯސް ނޫން ކަމަށްވެސް މެޓް އޮފީހުން މައުލޫމާތުދެ އެވެ.
މެޓް އޮފީހުގެ ލަފާކުރުންތަކަށް ބަލާއިރު މިހާރު ކުރަމުންދާ ވިއްސާރަ އަލިވެ މޫސުން އާންމު ހާލަތަކަށް އަންނަނީ ކުރިއަށް އޮތް ބުރާސްފަތި ދުވަހު އެވެ.
މޫސުން ގޯސްވެފައިވާތީ ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވެސް ކަމާ ގުޅޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.