ބޮލީވުޑް

"ޝިވޭ"ގެ އެންމެ މަންޒަރެއްގައި 2000 ސޮފްޓް ޓޯއިސް

Jan 5, 2016

މަޝްހޫރު އެކްޓަރު އަޖޭ ދޭވްގަން އެކްޓްކުރުމުގެ އިތުރަށް ޑައިރެކްޓްވެސް ކުރާ "ޝިވާ"ގެ އެންމެ މަންޒަރަކަށް 2000 ސޮފްޓް ޓޯއިސް ބޭނުންކޮށްފި އެވެ.

އަޖޭ އާއެކު ވަރަށް ޒުވާންތަރިއެއް ކަމަށްވާ ސައިޝާ ސެއިގަލް ލީޑްރޯލުން ފެނިގެންދާ މިފިލްމުގެ އެންމެ މަންޒަރެއްގައި ބޭނުންކޮށްފައިވާ 2000 ސޮފްޓް ޓޯއީ އަކީ ހާއްސަކޮށް، މިފިލްމަށް ހަދާފައިވާ އެއްޗިހިތަކެކެވެ.

މިހާ ގިނަ އަދަދެއްގެ ސޮފްޓް ޓޯއީސްތަށް މިފިލްމުގެ އެންމެ މަންޒަރެއްގައި ބޭނުންކޮށްފައިވަނީ ފިލްމުގައި އަމީތާބްގެ ކުޑަ އަންހެން ދަރިފުޅުގެ ކޮޓަރީގެ ފުރިހަމަކަން ދައްކާލުުގެ ގޮތުން ކަމަށްވެ އެވެ.

ނޫސްތަކުގައިވާ ގޮތުން މިމަންޒަރު ނަގަން އަޖޭގެ ދަރިފުޅުގެ ރޯލުން ފެނިގެންދާ އަބިގެއިލް އީމްސްގެ ގޭގައި ޖެހުމުން، އޭނާގެ ކޮޓަރިއަށް ކުޑަކުއްޖެއްގެ ކޮޓަރީގެ ލުކް ދިނުމުގެ އިތުރަށް މަންޒަރު ވީހާވެސް ފުރިހަމަކުރުމުގެ ގޮތުން އަޖޭ މިހާ ގިނަ އަދަދެއްގެ ސޮފްޓް ޓޯއީސް ބޭނުންކުރީ ކަމަށްވެ އެވެ.

މިފިލްމަށް އަޖޭ ވަރަށް ބުރަކޮށް މަސައްކަތްކުރަމުން އަންނައިރު، ފިލްމުގެ ހުރިހާ މަންޒަރެއްވެސް އަޖޭ ބޭނުންވަނީ ވަނީ ވަރަށް ފުރިހަމަ ކަމާއެކު ދައްކަން ކަމަށް ފިލްމުގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނެފައިވާ ކަމަށް ނޫސްތަކުގައިވެ އެވެ.

ގިނައަދަދަކަޑް ތަޅާފޮޅާ މަންޒަރުވެސް ހިމެނޭ މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

"ޝިވޭ" އަކީ އަޖޭ ޑައިރެކްޓްކުރާ ދެވަނަ ފިލްމެވެ. އަޖޭ އެންމެ ފުރަތަމަ ޑައިރެކްޓްކޮށްފައިވަނީ 2008 ވަނަ އަހަރު ނިކުތް "ޔޫ މީ އޯރް ހަމް" އެވެ.