މޯލްޑިވްސް ހައްޖު ކޯޕަރޭޝަން

ޙައްޖު ކޯޕަރޭޝަންގެ އޮފީސް އަޅަން ހުޅުމާލެއިން ބިން ދީފި

Jun 21, 2022
ޙައްޖު ކޯޕަރޭޝަންގެ އޮފީސް އަޅަން ހުޅުމާލެއިން ބިން ދިނުމަށް ނިންމާ އެކަމުގެ އެއްބަސްވުމުގައި ސޮއި ކުރަނީ -- ފޮޓޯ: އެޗްޑީސީ
0%
0%
0%

ހައްޖު ކޯޕަރޭޝަންގެ އޮފީސް އިމާރާތް އެޅުމަށް ހުޅުމާލެ އިން ބިމެއް ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އެޗްޑީސީގެ ހެޑް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު އެވެ. ހައްޖު ކޯޕަރޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ހާމިދެވެ.

ހައްޖު ކޯޕަރޭޝަނުން އަށް ބުރީގެ އިމާރާތެއް އެޅުމަށް ދޫކޮށްފައިވަނީ ހުޅުމާލޭގައި ހުންނަ އަމީން އެވެނިއު ކުރިމަތިން އޮންނަ ބިމެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ހަމީދު ވިދާޅުވީ އެޗްޑީސީން ދޫކޮށްފައިވާ 5،000 އަކަފޫޓުގެ ބިމުގައި އޮފީސް އިމާރާތް އެޅުމުގެ މަސައްކަތް ކުރިއަށް އޮތް ހަމަސް ދުވަސް ތެރޭގައި ފެށުމަށްފަހު ގިނަވެގެން ތިން އަހަރުގެ ތެރޭގައި ނިންމުމަކީ އުއްމީދެއް ކަމަށެވެ.

އިސްމާއީލް ވިދާޅުވީ އޮފީސް އިމާރާތް ނިމުން އެ އިމާރާތުގެ ބައެއް ފްލޯތައް ކުއްޔަށް ދީގެން އާމްދަނީ ހޯދުމުގެ ވިސްނުން ވެސް އެބަހުރި ކަމަށެވެ.

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގެ އުފެއްދި ހައްޖު ކޯޕަރޭޝަންގެ ދާއިމީ އޮފީހެއް ނެތުމުން އެ ކުންފުނީގެ އޮފީސް ގިނަ އަހަރު ތަކުގައި ހިންގާފައިވަނީ މާލޭގެ ބައެއް އިމާރާތްތަކުން ތަންތަން ކުއްޔަށް ނަގައިގެންނެވެ.

މިވަގުތުވެސް އެ ކުންފުނި ހިންގަމުން ގެންދަނީ ކުއްޔަށް ނަގާފައިވާ އިމާރާތެއްގައި ކަން ފާހަގަކުރައްވަމުން އިސްމާއީލް ވިދާޅުވީ އޮފީސް އިމާރާތަށް ބޮޑު ކުލި ދައްކަން ޖެހުމުން ކުންފުނީގެ އާމްދަނީ އަށް އަސަރު ކުރާ ކަމަށެވެ. އަދި ދާއިމީ އޮފީހެއް ނެތުމުން ހިދުމަތް ދިނުމަށް ޖާގައިގެން ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910