ގއ. ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ލުއައްޔު އިބްރާހީމްގެ ސުލޫކީ މައްސަލައެއް ބަލަން ނިންމައިފި އެވެ.
ޖޭއެސްސީން ބުނީ ލުއައްޔު އަމަލީގޮތުން ވިޔަފާރީގެ މުއާމަލާތްތަކުގައި ބައިވެރިވެވަޑައިންނަވާ ކަމަށް ތުހުމަތުކޮށް ކޮމިޝަނަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލަ ތަހުގީގުކުރުމަށް މައްސަލަ ބެލުމާ މެދު ގޮތެއް ނިންމާ ކޮމިޓީން ނިންމާފައިވާ ކަމަށްވެސް ޖޭއެސްސީން ބުނެ އެވެ.
ޖޭއެސްސީން އިތުރަށް ބުނީ ކޮމިޝަންގެ އިއްޔެގެ ބައްދަލުވުމުގައި ލުއައްޔުގެ މައްސަލަ ތަހުގީގު ކުރުމަށް ތަހުގީގު ކޮމިޓީވެސް އެކުލަވާލާފައިވާ ކަމަށެވެ.