ދައުލަތުގެ އާމްދަނީ

އާމްދަނީއަށްވުރެ ހޭދަ ހަތަރު ބިލިއަން އިތުރު ވެއްޖެ

Jun 29, 2022
1
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގައި މިއަދު ވާހަކަދައްކަވަނީ --- ފޮޓޯ: މަޖިލިސް
0%
0%
0%

މި އަހަރުގެ ބަޖެޓަށް ލިބުނު އާމްދަނީ އަށް ވުރެ ކުރެވުނު ހޭދަ ހަތަރު ބިލިއަން އިތުރު ވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި ދައުލަތުގެ ބަޖެޓަށް ލިބިފައިވަނީ 12.3 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިހާތަނަށް ބަޖެޓުން ގާތްގަނޑަކަށް 16 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

މި އަހަރު ބަޖެޓުން ކުރި ހޭދައިގެ ތެރެއިން އެންމެ ބޮޑު ހޭދައެއް އުޅެނީ ރިކަރަންޓް ހޭދައަށެވެ. ރިކަރަންޓް ހޭދައަށް މިހާތަނަށް 12 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މި އަދަދު މިދިޔަ އަހަރު އުޅުނީ 10 ބިލިއަން ރުފިޔާގަ އެވެ. މިހާތަނަށް މުސާރަ ދޭން ބަޖެޓުން 4.5 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އަދި އެޑްމިނިސްޓްރޭޓިވް ހަރަދުގެ ގޮތުގައި 7.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި ކެޕިޓަލް ހަރަދުތައް އުޅެނީ ހަތަރު ބިލިއަން ރުފިޔާގަ އެވެ. މި ބައިގައި ހިމެނޭ އިންފްރާސްޓްރަކްޗާ އެސެޓަށް 1.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

މި އަހަރުގެ ބަޖެޓުގައި އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ 24.2 ބިލިއަން ރުފިޔާ އެވެ. އަދި މި އަހަރު ހަރަދުވާނެ ކަމަށް އަންދާޒާކޮށްފައިވަނީ 34 ބިލިއަން ރުފިޔާ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910