ހައްޖުގެ އަޅުކަން

ހައްޖުގެ އަޅުކަމަށް 350،000 މީހުން މައްކާއަށް ޖަމާވެއްޖެ

މި އަހަރުގެ ހައްޖުގެ އަޅު ކަމަށް 350،000 މީހުން މައްކާއަށް ޖަމާވެއްޖެ އެވެ.

މި އަހަރު ހައްޖުގެ އަޅުކަމަށް ފުރުސަތު ދޭން ނިންމާފައިވަނީ އެއް މިލިއަން މީހުންނަށެވެ. ސައުދީގެ ހައްޖާއި އުމްރާއާގެ ކަންކަން ބަލާ މިނިސްޓްރީން ހައްޖުގެ އަޅުކަމަށް 350،000 މީހުން މައްކާ އަށް ޖަމާވެފައިވާ ކަމަށެވެ. މިއަދުގެ ހުކުރުގެ ޖަމާއަތުގައި އެ ހުރިހާ މީހުން ވަނީ ބައިވެރިވެފައެވެ.

މިއަހަރު ހައްޖަށް ފުރުސަތު ދޭ މިންވަރު މަަދުކޮށްފައިވުމުންގެ ސަބަބުން ރާއްޖެއަށް ލިބުނީ 453 ކޯޓާ އެވެ. އެންމެ ގިނަ ބަޔަކަށް ފުރުސަތު ލިބެނީ މުސްލިމުންގެ ވަރަށް ބޮޑު އާބާދީއެއް އޮތް އިންޑޮނޭޝިއާއަށެވެ. އެ ގައުމުން ލައްކައަށް ވުރެ ގިނަ މީހުންނަށް ފުރުސަތު ލިބުނެވެ.

ދުނިޔެއަށް ފެތުރިގަތް ކޮވިޑާ ހެދި ސައޫދީ އަރަބިއްޔާއަށް އެތެރެވުން ވަރަށް ބޮޑަށް ހަރުކަށިކޮށްފައި އޮތުމަށް ފަހު މިހާރު ވަނީ ދޫދޭން ފަށާފަ އެވެ. މި އަހަރު ރޯދަ މަހު އުމްރާވެރިންނަށް ވެސް ވަނީ ވަރަށް ބޮޑަށް ލުއި ދީފަ އެވެ. ކޮވިޑާ ހެދި މިދިއަ އަހަރު ހައްޖު ކުރަން ފުރުސަތު ދީފައި ވަނީ 58،745 މީހުންނަށް ކަމަށް ރަސްމީ ހިސާބުތައް ބުނެ އެވެ. ކޮވިޑް ލައިގަތުމުގެ ކުރިން ދެ މިލިއަނަށް ވުރެ ގިނަ މީހުންނަށް ހައްޖުގެ ފުރުސަތު ސައުދީން ވަނީ ދީފަ އެވެ.