ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ ދެކަނބަލުން މާދަމާ ހައްޖަށް ފުރާވަޑައިގަންނަވަނީ

Jul 3, 2022
1
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު. ދެ ބޭފުޅުން މާދަމާ ހައްޖަށް ފުރާވަޑައިގަތުމަށް ވަނީ ހަމަޖެހިފައި -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ހައްޖުގެ މަތިވެރި އަޅުކަމަށް މާދަމާ ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

ރައީސްގެ ދެ ކަނބަލުންގެ ހައްޖަށް ވަޑައިގެންނަވަނީ ސައުދި އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު އަލް ސައުދުގެ ދައުވަތަކަށެވެ.

ރައީސްގެ ހައްޖު ދަތުރުފުޅާ ގުޅޭ އިތުރު ތަފްސީލެއް ރައީސް އޮފީހުން ހިއްސާކޮށްފައެއް ނުވެ އެވެ.

ރާއްޖެއިން މިއަހަރު ހައްޖަށްދާ މީހުންގެ އަމީރުލް ހައްޖަކަށް ހަމަޖައްސަވާފައިވަނީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އެވެ.

މިއަހަރު ހައްޖަށް ފުރުސަތު ދިން މިންވަރު ވަނީ މަދުކޮށްފަ އެވެ. އެހެންކަމުން ރާއްޖެއަށް ލިބުނީ 453 ކޯޓާ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910