ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ހައްޖުވެރިންގެ ފަހު ގުރޫޕާ ރައީސް ބައްދަލުކުރައްވައިފި

Jun 19, 2023
0%
0%
0%

މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ހައްޖާޖީންގެ އެންމެ ފަހު ގްރޫޕްގައި ހިމެނޭ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ބައްދަލުކުރައްވައި ހައްޖާޖީންނަށް އަލްވަދާއު ވިދާޅުވެއްޖެ އެވެ.

މިއަދު މެންދުރުފަހު ފުރި ހައްޖާޖީންނާއި، އެއާޕޯޓުން ބައްދަލުކުރައްވައި ރައީސް ސޯލިހް ވަނީ ހައްޖާޖީންގެ ހާލު އަހުވާލު އޮޅުންފިލުއްވާފަ އެވެ. އަދި އެމަނިކުފާނުގެ ހެޔޮދުއާތައް ވަނީ ހައްޖާޖީންނާއި އެކުގައި ކަމުގައި ވިދާޅުވެ، ހައްޖުވެރީންނަށް މަބުރޫރް ހައްޖަކަށް އެދިވަޑައިގެންނެވި އެވެ.

މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް އެންމެފަހުން ފުރި މިގުރޫޕުގައި ހިމެނެނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ފުރި 288 ހައްޖާޖީންނެވެ.

މި އަހަރުގެ އަމީރުލް ހައްޖުގެ ގޮތުގައި ކަނޑައަޅުއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910