ދުނިޔެ

ކާމިޔާބު ކަމާއެކު ހައިޑްރޮޖެން ބޮމެއް އުތުރު ކޮރެއާއިން ޓެސްޓްކޮށްފި

އުތުރު ކޮރެއާއިން ކާމިޔާބު ކަމާއެކު ހައިޑްރޮޖެން ބޮމެއް ޓެސްޓްކޮށްފި އެވެ.

ނިއުކްލިއަ ބޮމުގެ 1000 ބޮމަށްވުރެ ބާރުގަދަ މި ބޮން ޓެސްޓްކޮށްފައިވަނީ ކޮރެއާގެ ގަޑިން މިއަދު ހެނދުނު 10:00 ޖެހިއިރު އެވެ. މި ބޮން ޓެސްޓްކުރިތާ ކުޑަ ވަގުތުކޮޅެއް ފަހުން އެސަރަހައްދަށްވަނީ 5.1 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފަ އެވެ.

މި ބޮން ކާމިޔާބު ކުރެވުމުން ކޮރެއާގެ ރައީސް އޮފީހުންވަނީ މިކަމާއި ބެހޭގޮތުން ކުއްލި ބައްދަލުވުމެއް ބާއްވާފަ އެވެ.

މިއަދު ހެނދުނު ޓެސްޓްކުރި މި ބޮމަކީ ނިއުކްލިއަ ބޮމުގެ ވައްތަރެއް ނަމަވެސް ނިއުކްލިއަ ބޮން ގޮއްވާލުމުން އިސްނާނުންނަށާއި ދިރޭ އެހެނިހެން އެއްޗެއްސަށް ކުރިމަތިވާ ރޭޑިއޭޝަންގެ މައްސަލައެއް ކުރިމައްޗެއް ނުވާނެ އެވެ. އުތުރުކޮރެޔާއިން މިހާރުވަނީ ހަތަރު ފަހަރެއްގެ މަތިން ނިއުކްލިޔަ ބޮމުގެ ތަޖްރިބާތައް ކޮށްފައެވެ.

ދުނިޔޭގައި އެންމެ ފުރަތަމަ ހައިޑްރިޖަންބޮން އެންމެ ފުރަތަމަ އުފައްދައި ތަޖްރިބާކޮށްފައި ވަނީ ސޮވިއެޓް ޔުނިޔަން އާއި އެމެރިކާއިން 1955 ވަނަ އަހަރުގަ އެވެ. އަދި އޭގެ ފަހުން 1960 ގެ އަހަރުތަކުގައި ޗައިނާއިން ވަނީ މިބޮން އުފައްދައި ތަޖްރިބާކޮށްފަ އެވެ.