ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

އަނބިމީހާގެ ބަނޑަށް ވަޅިހެރި މީހާގެ މައްޗަށް ދައުވާކޮށްފި

Jul 4, 2022

ށ. ފޭދޫގައި އަނބިމީހާއަށް އަނިޔާކޮށް ތޫނު ވަޅިއަކުން ހަމަލާދީ ޒަހަމްކޮށްލި މީހާގެ މައްޗަށް ދަޢުވާކޮށްފި އެވެ.

ދައުލަތުން މިމައްސަލައިގައި ދައުވާކުރަނީ ށ. ފޭދޫ ރެޑިއަމްގެ، އާދަމް ކިޔާ މީިހެއްގެ މައްޗަށެވެ.

އާދަމް، އޭނާގެ އަނބިމީހާއަށް ބަނޑަށް ވަޅިން ހަމަލާދީފައިވަނީ މިދިޔަ މަހުގެ ދެވަނަ ދުވަހުގެ ރޭ 9:18 ހާއިރު އެވެ.

އާދަމްގެ މައްޗަށް ދައުލަތުން ދައުވާ އުުފުލާފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެވެ.

މިމައްސަލަ ށ. ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު އެވެ.