ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހް ނަބަވީއަށް ޒިޔާރަތް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، އުންމަތުގެ ނަބިއްޔާގެ މިސްކިތްކޮޅު -- މަސްޖިދުއް ނަބަވީ -- އަށް މިއަދު ޒިޔާރަތް ކުރެއްވުން -- ފޮޓޯ: ހަރަމައިން
0%
0%
0%

ހައްޖުގެ މަތިވެރިކަން އަޅުކަމަށް ސައުދީ އަރަބިއްޔާއަށް މިއަދު ވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، އުންމަތުގެ ނަބިއްޔާގެ މިސްކިތްކޮޅު -- މަސްޖިދުއް ނަބަވީ -- އަށް މިއަދު ޒިޔާރަތް ކުރައްވައިފި އެވެ.

ދެ ހަރަމްފުޅުގެ ކަންކަން ބަލަހައްޓަވާ ހަރަމައިނި ޝަރީފައިނިން މިއަދު ބުނީ ރައީސް ސޯލިހް ރަސޫލާގެ މިސްކިތްކޮޅަށް ޒިޔާރަތް ކުރައްވާ އެ ތަނުގައި ނަމާދު ކުރައްވާފައިވާ ކަމަށެވެ. ރައީސްގެ އަރިހުގައި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު އާއި ޗީފް އޮފް ސްޓާފް އަލީ ޒާހިރުވެސް ވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، އުންމަތުގެ ނަބިއްޔާގެ މިސްކިތްކޮޅު -- މަސްޖިދުއް ނަބަވީ -- އަށް މިއަދު ޒިޔާރަތް ކުރެއްވުން -- ފޮޓޯ: ހަރަމައިން

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސައުދީ އަރަބިއްޔާއަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ފުރާވަޑައިގެންނެވީ މިއަދު ހެނދުނު އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން މިއަދު ހެނދުނު ހައްޖަށް ފުރާވަޑައިގަތީ ސައުދި އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު އަލް ސައުދުގެ ދައުވަތަކަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، އުންމަތުގެ ނަބިއްޔާގެ މިސްކިތްކޮޅު -- މަސްޖިދުއް ނަބަވީ -- އަށް މިއަދު ޒިޔާރަތް ކުރެއްވުން -- ފޮޓޯ: ހަރަމައިން

ރާއްޖެއިން މިއަހަރު ހައްޖަށްދާ މީހުންގެ އަމީރުލް ހައްޖަކަށް ހަމަޖައްސަވާފައިވަނީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އެވެ.

މިއަހަރު ހައްޖަށް ފުރުސަތު ދިން މިންވަރު ވަނީ މަދުކޮށްފަ އެވެ. އެހެންކަމުން ރާއްޖެއަށް ލިބުނީ 453 ކޯޓާ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910