ޑރ. އަހުމަދު ޒާހިރު އަލީ

އަމީރުލް ހައްޖު ދިވެހި ހައްޖުވެރިންނާއި ބައްދަލުކުރައްވައިފި

Jul 6, 2022
2
އަމީރުލް ހައްޖު، މިނިސްޓަރު އޮފް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރު އަލީ ދިވެހި ހައްޖުވެރިން ތިބޭ ހޮޓަލަށް ވަޑައިގެން ހައްޖުވެރިންނާއި ބައްދަލު ކުރެއްވުން --
0%
0%
0%

އަމީރުލް ހައްޖު، މިނިސްޓަރު އޮފް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރު އަލީ ދިވެހި ހައްޖުވެރިން ތިބޭ ހޮޓަލަށް ވަޑައިގެން ހައްޖުވެރިންނާއި ބައްދަލު ކުރައްވާ ހާލު ބައްލަވައިފި އެވެ.

ހުރިހާ ހައްޖުވެރީންގެވެސް ހާލު ރަނގަޅު ކަމަށް ރާއްޖޭގެ ހައްޖު މިޝަން އިން ބުންޏެވެ.

މި އަހަރުގެ ހައްޖު ދުވަހަކީ މި އަންނަ ހުކުރު ދުވަހަށްވާއިރު ހައްޖުވެރިން މިނާއަށް ދިއުމަށްޓަކައި ބުރާސްފަތި ދުވަހު ދަތުރު ފަށާނެއެވެ.

ރާއްޖެއިން މި އަހަރު ހައްޖަށް ގޮސްފައިވަނީ 453 ހައްޖުވެރިންނެވެ. އޭގެ އިތުރުން ރައީސް ސޯލިހްގެ ދެ ކަނބަލުންނާއި ސަރުކާރުގެ ބައެއް އިސް ބޭފުޅުންވެސް ހައްޖުގެ އަޅު ކަމަށް ސައުދީއަށް ވަޑައިގެން އެބަ ތިއްބެވިއެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910