ހައްޖުގެ އަޅުކަން

ރާއްޖެއަށް މިއަހަރު 1،000 ކޯޓާ

ރަސްމީ ހައްޖު ކޯޓާގެ ގޮތުގައި މިއަހަރު ރާއްޖެއަށް 1،000 ކޯޓާ ލިބިފައިވާކަމަށާއި އިތުރު ކޯޓާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި މިނިސްޓަރު ވިދާޅުވީ ސައުދީ ސަރުކާރުން ރާއްޖެއިން ހައްޖަށް ދިއުމަށް 1،000 މީހުންގެ ޖާގަ ހަމަޖައްސައިދީފައިވާކަމަށެވެ.

"ސައުދީ ސަރުކާރުން ދިވެހިރާއްޖެއަށް ދެއްވާ ރަސްމީ 1،000 ހައްޖު ކޯޓާ މިހާރު ވަނީ ލިބިފަ. އިތުރު ކޯޓާ ހޯދުމުގެ މަސައްކަތް މިގެންދަނީ ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.

ސައުދީން ވަނީ މިއަހަރު ހައްޖު ކޯޓާ ދޫކުރާނީ ވަނީ، ކޮވިޑް-19 ގެ ބަލިމަޑުކަން ފެށުމުގެ ކުރިން އޮތް އާންމު އުސޫލުން ކަމަށް ބުނެފަ އެވެ.

މިދިޔަ އަހަރު ރާއްޖެއަށް ލިބުނީ 453 ކޯޓާ އެވެ. ކޮވިޑް ލައިގަތުމުގެ ކުރިން ދެ މިލިއަނަށް ވުރެ ގިނަ މީހުންނަށް ހައްޖުގެ ފުރުސަތު ސައުދީން ވަނީ ދީފަ އެވެ.