މޫސުން

އީދުގެ ފުރަތަމަ ދެ ދުވަހު މޫސުން ގޯސް

Jul 6, 2022

ބޮޑު އީދުގެ ފުރަތަމަ ދެ ދުވަހު މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު) އޮފީހުން ލަފާކޮށްފި އެވެ.

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ހުކުރު ދުވަހުން ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލަށް މޫސުން ގޯސްވެ އެ ދުވަސްތަކުގައި ވައި ގަދަވެ ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

އަންނަ ހޯމަ ދުވަހުން ފެށިގެން ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ރަނގަޅުވި ނަމަވެސް ބައެއް ސަރަހައްދުތަކަށް ދޭތެރެއަކުން ވާރޭވެހޭނެ ކަމަށްވެސް ލަފާކޮށްފައިވެ އެވެ.

ހިނގަމުން މިދާ ހަފްތާގެ ތެރޭގައިވެސް މޫސުން ވަރަށް ބޮޑަށް ގޯސްވެ ރާއްޖޭގެ ބައެއް ރަށްތަކަށް އުދަ އަރާ ބޮޑެތި ގެއްލުންތައް ލިބިފައިވެ އެވެ.

މޫސުން ގޯސްވެފައިވާތީ ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާ ގުޅޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.