ލަޑީމިއާ ޕޫޓިން

ބަލިކުރި ކަމަށް ވާނީ ހަނގުރާމަ ކޮށްގެން ބަލިކުރުން: ޕޫޓިން

ރަޝިއާއިން ޔުކްރޭންގައި އަދި ހަނގުރާމަ ނުފަށާ ކަމަށް ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވެއްޖެ އެވެ. އޭނާ އަދި ވިދާޅުވީ ހަނގުރާމަ ކުރުމުގެ ގާބިލުކަން ރަޝިއާގައި އެބަ ހުރި ކަމަށާއި ބަލިކުރަން ޖެހޭނީ ހަނގުރާމައިގެ މައިދާނުގައި ކަމަށެވެ.

ރަޝިއާ، ޔުކްރޭންގެ ހަމަނުޖެހުންތައް ހުއްޓުވަން ޔުކްރޭނުން ބޭނުން ނުވި ނަމަވެސް ރަޝިއާގެ ބަހަކީ މަޝްވަރާކުރުން ކަމަށް ޕޫޓިން ވިދާޅުވި އެވެ. އަދި ރަޝިއާ އަބަދު ވެސް އޮންނަނީ މި ބުނުން މަތީގައި ކަމަށް ވެސް ވިދާޅުވި އެވެ.

ޔުކްރޭނަށް މަޝްވަރާކުރަން ނުކެރިންގެ އުޅެނީ ހުޅަނގުން ހަދާފާނެ ގޮތެއް ނޭނގޭތީ ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ. ހުޅަނގުން ބުނާހާ ގޮތެއް ހަދައިންގެން ޔުކްރޭން ގެނބިގެން ދާތަން ޔުކްރޭންގެ ވެރިންނަށް ފެނިވަޑައި ނުގަންނަވަނީތޯ ޕޫޓިން ސުވާލު ކުރެއްވި އެވެ.

ރަޝިއާ އަބަދު ވެސް ބަލަނީ އެއްވެސް ގައުމަކާ އެކު އޮތް ގުޅުމަށް ބުރޫނާރުވާ ވޭތޯ ކަމަށް ޕޫޓިން ވިދާޅުވި އެވެ. އެހެން ނަމަވެސް ގޮތެއް ނެތް ހާލަތުގައި ދުޝްމަނުންގެ ލިސްޓެއް ވެސް ހަދަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ޕޫޓިން ވިދާޅުވީ ލިސްޓްގައި އަދި ދުޝަމަނެއް ނެތް ނަމަވެސް ރަހުމަތް ތެރިކަމުގެ ގުޅުން ކަނޑާލަން ޖެހިފައި ތިބި ބަޔަކު ތިބި ކަމަށެވެ.

ރަޝިއާ ބުނާ ގޮތުން ޔުކްރޭންގައި މިހާރު އެ ހިންގަނީ ރަޝިއާގެ އަސްކަރިއްޔާއިން ހިންގާ ޚާއްސަ އޮޕަރޭޝަނެކެވެ. އޮޕަރޭޝަންގެ ބޭނުމަކީ ޔުކްރޭން ނޭޓޯއަށް ބަރޯސާކުރާ މިންވަރު ކުޑަކުރުވުން ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ޚާއްސަ އޮޕަރޭޝަން ނިންމާލާނީ ރަޝިއާ ބުނާ ގޮތަކަށް ޔުކްރޭން ރުހުމުން ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ. ހުޅަނގުގެ ޕްރެޝަރާ ހެދި ވަކި ގޮތެއް ނިންމަން ޔުކްރޭނަށް ނުކެރޭނެ ކަމަށް ވެސް ވިދާޅުވި އެވެ.