ލަޑީމިއާ ޕޫޓިން

އިންޑޮނީޝިއާގެ ރައީސް، ޕޫޓިންއާ ބައްދަލު ކުރައްވައި ޒެލެންސްކީގެ މެސެޖެއް ރައްދު ކުރައްވައިފި

އިންޑޮނީޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ މޮސްކޯއަށް ވަޑައިގެން ކްރެމްލިންގައި ރަޝިއާގެ ރައީސް ލިޑިމިއާ ޕޫޓިންއާ ބައްދަލު ކުރައްވައިފި އެވެ.

ޖޯކޯ ވިޑޯޑޯ މޮސްކޯއަށް ވަޑައިގަތުމުގެ ކުރިން ޔުކްރޭނަށް ވަޑައިގެން ރައީސް ވޮލޮދިމީރު ޒެލެންސްކީއާ ބައްދަލު ކުރެއްވި އެވެ. އަދި ރަޝިއާ، ޔުކްރޭން ހަނގުރާމަ ހުއްޓާލުމަށް މަޝްވަރާއަށް އެދިވަޑައި ގެންނެވި އެވެ.

ޒެލެންސްކީ އާއެކު ދެއްކެވި ވާހަކަތަކުގައި ދުނިޔެއަށް ކާބޯތަކެތި ސަޕްލައި ކުރުމަށް ހުރި ދަތިތަކާ ބެހޭ ގޮތުން ވެސް އިންޑޮނީޝިއާގެ ރައީސް މަޝްވަރާ ކުރެއްވި އެވެ.

ޔުކްރޭނުން ގޮވާން ބޭރުކޮށް ދުނިޔޭގެ ބާޒާރުން ލިބޭނެ ގޮތުން ހެދުމުގައި އިންޑޮނީޝިއާއަށް ވެސް މުހިންމު ދައުރެއް އަދާކުރެވިދާނެ ކަމަށް ވެސް ޒެލެންސްކީއަށް ދެންނެވި އެވެ.

ޖޯކޯ ވިޑޯޑޯ މޮސްކޯގައި ރައީސް ޕޫޓިންއާ ބައްދަލު ކުރައްވައި ޒެލެންސްކީ ދެއްވި މެސެޖެއް ރައްދު ކުރެއްވި އެވެ. އަދި ރަޝިއާ، ޔުކްރޭން ހަނގުރާމަ ދިގުލައިގެން ދާތީ ހިތާމަކުރައްވާ ކަމަށް ޕޫޓިންއަށް ދެންނެވި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޒެލެންސްކީގެ މެސެޖް ޕޫޓިންއަށް ލިބިވަޑައި ގަތުމުން، ދެ ލީޑަރުން މަޝްވަރާ ކުރުން ވަރަށް މުހިންމު ކަމަށް ވިދާޅުވި އެވެ. އަދި އެކަމާ ވިސްނާ ވަޑައި ގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އިންޑޮނީޝިއާ އާއި ރަޝިއާއާ ދެމެދު ކުރެވުނު މަޝްވަރާތަކަށް ފަހު، އިންޑޮނީޝިއާއާށް ބޭނުންވާ ގަސްކާނާ ފޯރުކޮށްދެއްވާނެ ކަމަށް ނޫސްވެރިންނަށް ޕޫޓިން ވިދާޅުވި އެވެ. އަދި ދުނިޔެއަށް ބޭނުންވާ ހަކަތަ އާއި ކާނާއަށް ބުރޫއަރާ ނަމަ އެކަން ހައްލުކުރަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވި އެވެ.

އިންޑޮނީޝިއާގައި މިއަހަރު އޮންނަ ޖީ20 ސަމިޓަށް ވަޑައިގަތުމަށް ޕޫޓިންއަށް ދައުވަތު ދެއްވި ކަމަށް ޖޯކޯ ވިޑޯޑޯ ވިދާޅުވި އެވެ. ސަމިޓަށް ވަޑައިގަންނަވާނެ ކަމަށް ޕޫޓިން އޮތީ އޭގެ ކުރިން ވެސް އިންޑޮނީޝިއާގެ ރައީސްއަށް ދަންނަވާ ފަ އެވެ.

ޖީ20 ސަމިޓަށް ވަޑައިގަތުމާ ބެހޭ ގޮތުން ޒެލެންސްކީ ވެސް ވިދާޅުވީ ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ. އެކަމަކު އެއީ ސަމިޓްގައި ބައިވެރިވާ އެހެން ވަފުދުތަކަށް ބެއްލެވުމަށް ފަހުގައި ކަމަށް ވެސް ވިދާޅުވި އެވެ.