މޯލްޑިވްސް ހައްޖު ކޯޕަރޭޝަން

ދިވެހި ހައްޖުވެރީން އަރަފާތަށް ހިނގައްޖެ

ދިވެހި ހައްޖުވެރީން އަރަފާތަށް ދިއުމުގެ ދަތުރުގެ ތެރެއިން: ހުރިހާ އެންމެންވެސް މިހާރު ތިބީ އަރަފާތުގަައި --
0%
0%
0%

ރާއްޖެއިން މި އަހަރު ހައްޖަށް ދިޔަ ހުރިހާ އެންމެންވެސް މިވަގުތު ތިބީ އަރަފާތު ބިމުގައި ކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ބުނެފި އެވެ.

ރާއްޖެއިން މިއަހަރު ޖުމްލަ 453 މީހުން ހައްޖުގެ އަޅުކަން ފުރިހަމަކުރާއިރު ހުރިހާ ހައްޖުވެރިން މިވަގުތު ތިބީ އަރަފާތުގައި ކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ. މިއަހަރު ހުރިހާ ހައްޖުވެރީންވެސް ހައްޖަށް ދިޔައީ ހައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުންނެވެ.

ދިވެހި ހައްޖުވެރީން އަރަފާތަށް ދިއުމުގެ ދަތުރުގެ ތެރެއިން: ހުރިހާ އެންމެންވެސް މިހާރު ތިބީ އަރަފާތުގަައި --

ހައްޖުގެ އެންމެ މުހިންމު ރުކުނަކީ އަރަފާތުގައި ތިބުމެވެ. ހައްޖުމަހުގެ ނުވަ ވަނަ ދުވަހުގެ މެންދުރު ފަހުން އަރަފާތުގައި މަޑުކުރުމަކީ ހައްޖުގެ އެންމެ މުހިންމު ރުކުނެވެ. އެ ބިމަށް އެދުވަހު އިރުއޮއްސުމުގެ ކުރިން ނުދެވޭ މީހަކަށް ހައްޖެއް ނުލިބޭނެ އެވެ.

ދިވެހި ހައްޖުވެރީން އަރަފާތަށް ދިއުމުގެ ދަތުރުގެ ތެރެއިން: ހުރިހާ އެންމެންވެސް މިހާރު ތިބީ އަރަފާތުގަައި --

އަރަފާތަށް ދިޔުމަށްފަހު ހައްޖުވެރިން މުޒްދަލިފާގައި ރޭ ކުރާނެ އެވެ. މުޒްދަލިފާގައި ރޭ ކުރުމަށް ފަހު ބޮޑު ޖަމްރާއަށް ހިލައުކުން ކުރިއަށް ގެންދިޔުމަށް ފަހު ދެން އޮންނާނީ ހަދްޔު ކަތިލުމެވެ. އެއަށްފަހު މިނާގައި ރޭ ކުރުމަށް ފަހު ތިން ޖަމްރާއަށް ހިލަ އުކާނެ އެވެ. އަދި ޠަވާފުލްއިފާޟާ ކުރުމާއި ޞަފާ ފަރުބަދަ އާއި މަރްވާ ފަރުބަދައާ ދެމެދު ސައުޔު ކުރާނެ އެވެ. ހައްޖުވެރިންގެ އެންމެ ފަހުކަމެއްގެ ގޮތުގައި ކުރިއަށްގެންދާނީ ވަދާއުގެ ޠަވާފުކޮށް ހައްޖުގެ އަޅުކަން އަދާކޮށް ނިންމުމެވެ.

މިއަހަރުގެ ހައްޖު ދުވަހަކީ މިއަދެވެ. ހައްޖުގެ އަޅުކަމަށް ފުރުސަތު ނުލިބޭ މީހުން އެ ދުވަހު ރޯދަ ހިފުމަކީ ގަދަވެގެންވާ ސުންނަތެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910