ދުނިޔެ

ވިކްޓޯރިއާ ސީކްރެޓްގެ މޮޑެލް ޝާނީނާ އާއި ލޯބިވެރިޔާ ޗުއްޓީއަށް ރާއްޖެ އަތުވެއްޖެ

ވިކްޓޯރިއާ ސީކްރެޓްގެ މަޝްހޫރު މޮޑެލް ޝަނީނާ ޝައިކް އަދި ލޯބިވެރިޔާ ޑީޖޭ ގުރެގް އެންޑްރިއުސް ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އައިސްފި އެެވެ.

މި ދެމީހުން ރާއްޖެ އައިސްފައިވަނީ މީގެ ދުވަސްކޮޅެއް ކުރިން އެންގޭޖްވުމަށް ފަހުގަ އެވެ. ޝަނީނާ އާއި ގުރެގް އެންގޭޖުވިކަން އެންގުމަށް ޝާނީނާގެ އިންސްޓަގްރާމް ޕޭޖުގައި އެންގޭޖްމެންޓް އަނގޮޓި އާއި މާބޮނޑީގެ ފޮޓޯއެއް ވެސް ޕޯސްޓްކޮށްފައިވެ އެވެ.

އޮސްޓްރޭލިއާ އަށް ނިސްބަތްވާ ޝަނީނާ އާއި އެންޑްރިއުސް އެކުގައި އުޅޭތާ އަހަރެއްވާން ކައިރިވާއިރު މި ދެ މީހުން އެންގޭޖްވެފައިވަނީ ބަހާމާސްގެ ޕްރައިވެޓް ބީޗެއްގަ އެވެ.

މި ސުޕަމޮޑެލް އާއި ޑީޖޭ މީގެ ދެ ދުވަސްކުރިން ރާއްޖެ އައިސްފައިވަނީ ދުބާއީގައިވެސް ޗުއްޓީ ހޭދަކުރުމަށްފަހު އެވެ.