މާފުށި

މާފުށީ އީދުގައި ރައްޔިތުންގެ ބޮޑު ބައިވެރިވުމެއް

Jul 9, 2022

ބޮޑު އީދުގެ ހަރަކާތްތައް މިރަށުގައި ފެށިގެން ދިޔައީ ރޭ އޮތް "ވެދުމާ ދިއުމުން" ނެވެ. މި ހަރަކާތް ހާއްސަކޮށްފައިވަނީ ރަށާއި ރަށުގެ ރައްޔިތުންގެ ރައްޔިތުންނަށެވެ. މިއީ މި ރަށުގެ ރައްޔިތުންގެ ފަރާތުން މެހުމާނުންނަށް ދޭ ހާއްސަ ޖާފަތެވެ. ސަގާފީ ހަރަކާތްތަކާއެކު ކުރިއަށް ދިޔައ މި ހަރަކާތް ފެށެން ކައިރިވެގެން އައިއިރު ސްކޫލް ކައިިރި އަށް ޖަމާވި ރައްޔިތުންގެ ފަރާތުން ފެށުނީ އެ ބައިވެރިވުމެވެ.

"މި ހުރިހާ ހަރަކާތްތަކެއްގައި ވެސް އެންމެ ފާހަގަކޮށްލަން ޖެހެނީ ރައްޔިތުންގެ ބައިވެރިވުން. ކޮންމެ ކަމަކަށް ގޮވާލިއަަސް މި ތިބެނީ ތައްޔާރަށް،" ކައުންސިލްގެ ރައީސް ހަސަން ސޮލާހު ވިދާޅުވި އެވެ.

އީދުގެ ހަރަކާތްތައް ފެށިގެން ދިޔަ "ވެދުމާދިއުން" ހަރަކާތުގެ ހުރިހާ އިންތިޒާމެއް ކުރީ މި ރަށުގެ އަންހެނުންނެވެ. އަންހެނުން ކޮމެޓީގެ އިސްނެގުމަކަށް މިކަން ފުރިހަމަ އަށް ނިންމާލީ އެންމެކަމެއް ވެސް ވައްޓާނުލަ އެވެ.

"ޑަބްލިއުޑީސީގައި ހަމަ ބުނެލަން ޖެހުނީ. އެ މީހުންނަށް ހަވާލުކޮށްފަ ދެން ނުޖެހޭނެ ބަލާކަށް ބަރާބަރަށް ދާނެ،" ސޮލާހު ވިދާޅުވި އެވެ.

މި އަހަރުގެ އީދު ވެސް ކުރިއަށްދަނީ މި ރަށުގެ ވިޔަފާރިތަކު ވެސް އެހީތެރިކަމާއެކުގަ އެވެ. ބައެއް ވިޔަފާރިތަކުން ބޮޑެތި ސްޕޮންސާގެ އެހީތެރިކަންވެސް ދީފައިވެ އެވެ. މިއީވެސް މި ހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށް ދިއުމުގެ ސިއްރެއްގެ ގޮތުގައި ކައުންސިލުގެ ރައީސް ފާހަގަ ކުރެވި އެވެ.

އީދު ބޮޑު ޖަމާއަތުގައި ނަމާދަށްފަހު ރަށު ރައްޔިތުންގެ ސަޔެއް އޮތެ އެވެ. އީދުގެ މި ސަޔަކީ ވެސް އަންހެނުންގެ އިސްނަގުމެއްގެ މަތިން ކުރިއަށް ގެންދިޔަ ހަރަކާތްތެވެ. މި ހަރަކާތާއެކު އީދުގެ ފޯރި މި ވަނީ މި ރަށުގައި ރަނގަޅަށް ހިފާފަ އެވެ. މިއަދު ފެން ކުޅުން އޮންނައިރު މިއަދު ހަވީރު އޮތީ ކުޑަކުދިންގެ ހަވީރެވެ. އަދި މިރޭ އީދުގެ ބޮޑު ޝޯއެއް އޮންނާނެ އެވެ.

މި ޝޯގައި ސައުންޑް އަދި ލައިޓިންގެ އެންމެ މަޝްހޫރު ކުންފުނި ކަމަށްވާ އޮފިޝަލް އިވެންޓްސްގެ ލޭޒާ ލައިޓް ޝޯއެއް އޮންނާނެ އެވެ. އަދި މި ޝޯގެ އެންމެ ހާއްސަ ކަމަކީ ހަވާ އެރުވުމެވެ. މި ޝޯގައި ރާއްޖޭގެ މަޝްހޫރު ގިނަ ބޭންޑްތަކެއް ވެސް ފެނިގެންދާނެ އެވެ. މީގެ އިތުރުން ވެސް މި ޝޯގައި "ސަޕްރައިޒެއް" ގެ ގޮތުގައި ހާއްސަ ފަންނާނެއް ފެނިގެންދާނެ ކަމަށް މާފުށީ އީދު އިންތިޒާމު ކުރާ ލިކަމެކް ވަނީ ބުނެފަ އެވެ.

މި ޝޯގައި ސައުންޑް އަދި ލައިޓިންގެ އެންމެ މަޝްހޫރު ކުންފުނި ކަމަށްވާ އޮފިޝަލް އިވެންޓްސްގެ ލޭޒާ ލައިޓިން ޝޯއެއް އޮންނަ މި ޝޯގެ އެންމެ ހާއްސަ ކަމަކީ ހަވާ އެރުވުމެވެ. މި ޝޯގައި ރާއްޖޭގެ މަޝްހޫރު ގިނަ ބޭންޑްތަކެއްގެ މިއުޒިކް އޮންނާނެ އެވެ. މީގެ އިތުރުން "ސަޕްރައިޒެއް" ގެ ގޮތުގައި ހާއްސަ ފަންނާނެއް ފެނިގެންދާނެ ކަމަށް މާފުށީ އީދު އިވެންޓް އިންތިޒާމު ކުރާ ލިކަމެކް ކުންފުނިން ބުނެ އެވެ.