މާފުށި

މާފުށީގެ އީދުން މުޅިރާއްޖެއަށް ބޮޑު އީދުގެ ފޯރި

Jul 7, 2022

މާފުށީގައި ފޯރިގަދަކޮށް މިދިޔަ ކުޑަ އީދު ފާހަގަކުރުން ވެގެންދިޔައީ "އީދު ފޯރި" މުޅިރާއްޖެ އަށް ގަދަކޮށްލަން ޖެހުނު ކަމަކަށެވެ. އެކަން ކައުންސިލުން ވެސް ފާހަގަކުރެ އެވެ.

"ކުޑަ އީދު ފޯރިގަދަކޮށް ފާހަގަކުރީމަ މި އީދުގެ ފޯރި ވަރަށް ގަދަވެއްޖެ. މިހާތަނަށް އެނގިފައިވާ ގޮތުގައި މުޅި ރާއްޖޭގެ 22 ރަށުގައި ފަޔާވޯކްސް މި އީދުގައި ވެސް އޮވޭ،" މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު ވިދާޅުވި އެވެ.

މާފުށީގައި މި އަހަރުގެ ބޮޑު އީދުވެސް ތަފާތުވާނެ އެވެ. ލިކަމެކް ކުންފުނިން އިންތިޒާމުކޮށްފައިވާ އީދުގައި ބޮޑު އީދު ޝޯއެއް ބާއްވަ އެވެ. މިއީ މި އަހަރުގެ އީދުގައި ބާއްވާ އެންމެ ބޮޑު ޝޯއަށް ވާނެ އެވެ.

މި ޝޯ އިތުރަށް ފުރިހަމަވާނީ ޝޯގެ ސައުންޑް އެންޑް ލައިޓިންގެ ކަންކަން ކުރަން އޮފިޝަލް އިވެންޓްސް އޮތުމެވެ. މި އަހަރުގެ ބޮޑު އީދުގައި ވެސް ކުޑައީދެކޭ އެއްގޮތަށް މާފުށީގައި ހަވާ އެރުވުން އޮންނާނެ އެވެ.

ބޮޑު އީދުގެ ސްޕޮންސަރުން

  • އެމްޑަބްލިއުއެސްއީ
  • ދިރާގު
  • އޮފިޝަލްއިވެންޓް
  • އެރީނާ ހޮޓެލް
  • ދޮންމަނިކު ސްކައި ވިއު
  • އެލިޔާ އިންވެސްޓްމަންޓް

ބޮޑު އީދުގެ އިންވެންޓު ސްޕޮންސަރުންގެ އިތުރުން ގިނަ އަދަދެއްގެ ޕާޓްނަރުން ވެސް ބައިވެރިވެފައިވެ އެވެ. މާފުށީގައި ބޮޑު އީދު ފާހަގަކުރުމުގެ ގޮތުން އެ ރަށުގައި ފްލޯޓިން ޕާކެއް ބަހައްޓަންވެސް ވަނީ ނިންމާފަ އެވެ.