މާފުށި

ހަވާއާއި ކަލަ ރަން، ގިނަ ކުޅިވަރުތަކާއެކު ބޮޑުއީދު މާފުށީގައި

ކުޑަ އީދުގައި މާފުށީގައި ނެގި ފޯރީގައި ބައިވެރިވާން ނުދެވުނު ގިނަ ބަޔަކު ތިބީ ދެރަވެފަ އެވެ. އެހެންވެ، މާފުށީ ކައުންސިލުން މިވަނީ ބޮޑު އީދުގައި ވީހާ ވެސް ގިނަ ބަޔަކަށް ބައިވެރިވެވޭ ގޮތަށް ކުލަގަދަކޮށް ފާހަގަކުރަން ނިންމާފަ އެވެ.

މާފުށީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ހަސަން ސޮލާހު ވިދާޅުވީ ކުރި އަށް އޮތް އަލްހާއީދު- ބޮޑު- އީދު ކުލަގަދަކޮށް ފާހަގަ ކުރަން ތައްޔާރުވެފައިވާ ކަމަށެވެ.

"ނިމިދިޔަ ކުޑަ އީދުގައި 4500 އަށްވުރެ ގިނަ މީހުން މި ރަށަށް އެރި. އެހެންވެ މި ބަލަނީ ބޮޑު އީދުގައި މި އަދަދު 7،000 ނޫނީ 8،000 މީހުން އެރުން ގާތް ކަމަށް. އެހެންވެ ވީހާ ވެސް ގިނަ ބަޔަކަށް ބައިވެރިވެވޭނެ ގޮތަކަށް އީދު ފާހަގަ ކުރަން ނިންމާފައި މިވަނީ،" ސޮލާހު ވިދާޅުވި އެވެ.

މާފުށީ ކައުންސިލުން މި ފަހަރު ފާހަގަ ކުރާ ބޮޑު އީދުގެ ކަންކަން ވެސް އިންތިޒާމު ކުރަނީ ލިކަމެކް ކުންފުނިންނެވެ. އީދުގައި އޮންނަ ހަރަކާތްތައް މިއަދު އާއްމުކުރިއިރު އާއްމުނުކޮށް ފަހުން ބުނަން ގިނަ "ސަޕްރައިޒް" ތަކެއް ބަހައްޓާފައިވާ ކަމަށް ރައީސް ސޮލާހު ވިދާޅުވި އެވެ.

ބޮޑު އީދުގެ ބައެއް ހަރަކާތްތައް

  • އީދު ބަޑި ރޯކުރުން- ހައްޖު ދުވަހުގެ ރޭ
  • ވެދުމާ ދިއުން / ސަގާފީ ރޭގަނޑުގެ ކެއުން
  • ބޮޑު ޖަމާއަތުގައި އީދު ނަމާދު
  • އީދު ބޮޑު ސައި
  • އުލްހިޔާ ކަތިލުން
  • ކުލަ ޖެހުން / ފެން ކުޅި
  • ހާއްސަ މެންދުރުގެ ކެއުން
  • މާލި ބޮޑު މަސް / ކޯޑި
  • ކަލަ ރަން
  • ތްރީ އޮން ތްރީ ފުޓްބޯޅަ މުބާރާތެއް
  • ކަނބަލުންނަށް ހާއްސަ ހޭޑްބޯލް
  • ކުޑަކުދިންގެ ހަވީރު
  • އީދު ޝޯ/ ލޭޒާ ޝޯއެއް

2.5 ކިލޯމީޓަރުގެ ކަލަ ރަންއެއް

މާފުށީ ކައުންސިލްގެ ރައީސް ސޮލާހު ވިދާޅުވީ އެ ރަށުގައި އީދުގެ ހަރަކާތްތަކުގައި 2.5 ކިލޯ މީޓަރުގެ ކަލަރަންއެއް ވެސް އޮންނާނެ އެވެ. މި ރަންގައި މުޅި ރާއްޖޭން ބައިވެރިވެވޭއިރު މިކަމަށް ހާއްސަ ޓީޝާޓަކާއި މެޑަލްއެއް ހާއްސަ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޓީޝާޓް ޕްރީއޯޑަރަކަށް ހުޅުވާލާނަން އަންނަ މަހު ހުޅުވާލާނެ. އެއީ އަދަދު ބަލައިލަން. އެކަމަށް ހާއްސަ ޕޯޓަލަކުން އެކަން ކުރާނީ. ދުވެލަން ވެސް އާދެވޭނެ. މެޑަލްއެއް ލިބޭނެ ފީ ދައްކައިގެން ބައިވެރިވާ ފަރާތްތަކަށް،" ސޮލާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އީދުގެ ހަރަކާތްތަކުގައި ދައުލަތުގެ އިސްވެރިންވެސް ބައިވެރިވާނެ އެވެ. އަދި އީދުގެ އިންތިޒާމުތައް ހަމަޖައްސަން ރަށުގެ ވިޔަފާރިތަކާއެކު މަސައްކަތް ކުރާނެ ކަމަށް ސޮލާހު ވިދާޅުވި އެވެ.

"ދުރާލާ ބުކިން ހައްދަން އަޅުގަނޑުމެން މި އިލްތިމާސް ކުރަނީ،"