މާފުށީގައި ބޮޑު އީދުގައި ބާއްވާ އެކި ހަރަކާތްތަކުގައި ގިނަ އަދަދެއްގެ ސްޕޮންސަރުންނާއި ޕާޓްނަރުން ބައިވެރިވެއްޖެ އެވެ.
މާފުށީ ކައުންސިލުން އިންތިޒާމުކޮށްގެން ލިކަމެކް ކުންފުނިން އިވެންޓުތައް ރާވާ ބޮޑު އީދުގެ ޕާޓްނަރުންނާއި ސްޕޮންސަރުންނާއެކު ސޮއިކުރުމުގެ ރަސްމިއްޔާތެއް އިއްޔެ ހޮޓެލް ޖެންގައި ވަނީ ބާއްވާފަ އެވެ.
މި ރަސްމިއްޔާތުގައި މާފުށީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު އެވެ. މި އިންވެންޓު ގިނަ އަދަދެއްގެ ޕާޓްނަރުންނާއި ސްޕޮންސަރުން ބައިވެރިވި އެވެ.
ބޮޑު އީދުގެ ސްޕޮންސަރުން
- އެމްޑަބްލިއުއެސްއީ
- ދިރާގު
- އޮފިޝަލްއިވެންޓް
- އެރީނާ ހޮޓެލް
- ދޮންމަނިކު ސްކައި ވިއު
- އެލިޔާ އިންވެސްޓްމަންޓް
ބޮޑު އީދުގެ އިންވެންޓު ސްޕޮންސަރުންގެ އިތުރުން ގިނަ އަދަދެއްގެ ޕާޓްނަރުން ވެސް ބައިވެރިވެފައިވެ އެވެ.
ބޮޑު އީދުގެ ޕާޓްނަރުން
- ހޮޓެލް ޖެން
- އައިކޮން ކޮމްޕެނީ
- ޓްރައިޓަން ހޮޓެލް
- ޝެޑޯ ފާމް
- ބިރާގަން ސްޕޯޓްސް
މި އަހަރުގެ އީދުގައި ލޭޒާ ޝޯއެއްގެ އިތުރުން ވަރުގަދަ ޝޯއެއް ވެސް އޮންނާނެ އެވެ. މި ޝޯގައި ރާއްޖޭގެ ގިނަ އަދަދެއްގެ ފަންނާނުން ބައިވެރިވެފައިވެ އެވެ.
އީދު ޝޯގެ ފަންނާނުން
- ސަފޫރާ އެންޑް ފްރެންޑްސް
- ޓްރެފިކް ޖޭމްސް
- ޔާރާ
- ރޮބޯ މޭން
- މާފުށީ ބޮޑުބެރު ގްރޫޕް
މާފުށީ ކައުންސިލުގެ ރައީސް ހަސަން ސޮލާހު ވިދާޅުވީ މިއަހަރުގެ ބޮޑުއީދު ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި މާފުށި ކައުންސިލާއި ރައްޔިތުން ވަރަށް ބޮޑަށް ތައްޔާރުވަމުންދާ ކަމަށެވެ.
"ނިމިދިޔަ ކުޑަ އީދުގައި 4500 އަށްވުރެ ގިނަ މީހުން މި ރަށަށް އެރި. އެހެންވެ މި ބަލަނީ ބޮޑު އީދުގައި މި އަދަދު 7،000 ނޫނީ 8،000 މީހުން އެރުން ގާތް ކަމަށް. އެހެންވެ ވީހާ ވެސް ގިނަ ބަޔަކަށް ބައިވެރިވެވޭނެ ގޮތަކަށް އީދު ފާހަގަކުރަން ނިންމާފައި މިވަނީ،" ސޮލާހު ވިދާޅުވި އެވެ.
މި އަހަރުގެ ބޮޑު އީދުގައި ހަވާއާއި ކަލަ ރަން އަދި ގިނަ ކުޅިވަރު ތަކެއް ބާއްވާނެ އެވެ.
ބޮޑު އީދުގެ ބައެއް ހަރަކާތްތައް
- އީދު ބަޑި ރޯކުރުން- ހައްޖު ދުވަހުގެ ރޭ
- ވެދުމާ ދިއުން / ސަގާފީ ރޭގަނޑުގެ ކެއުން
- ބޮޑު ޖަމާއަތުގައި އީދު ނަމާދު
- އީދު ބޮޑު ސައި
- އުލްހިޔާ ކަތިލުން
- ކުލަ ޖެހުން / ފެން ކުޅި
- ހާއްސަ މެންދުރުގެ ކެއުން
- މާލި ބޮޑު މަސް / ކޯޑި
- ކަލަ ރަން
- ތްރީ އޮން ތްރީ ފުޓްބޯޅަ މުބާރާތެއް
- ކަނބަލުންނަށް ހާއްސަ ހޭޑްބޯލް
- ކުޑަކުދިންގެ ހަވީރު
- އީދު ޝޯ/ ލޭޒާ ޝޯއެއް
މާފުށީގައި ބޮޑު އީދު ފާހަގަކުރުމުގެ ގޮތުން އެ ރަށުގައި ފްލޯޓިން ޕާކެއް ބަހައްޓަންވެސް ވަނީ ނިންމާފަ އެވެ.