ޓޫރިޒަމް

މިއަހަރު 1،200 އަށް ވުރެ ގިނަ ގެސްޓް ހައުސް އެނދު އިތުރުވި

މިއަހަރުގެ މިހާތަނަށް 1،200 އަށް ވުރެ ގިނަ އެނދު އިތުރު ވެފައިވާ ކަމަށް ޓޫރިޒަމްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ގެސްޓް ހައުސް އެނދުގެ ގޮތުން މިވަގުތު މާފުށި އެންމެ ކުރީގައި އޮތް ނަމަވެސް ޓޫރިޒަމްގެ ތަފާސްހިސާބުތައް ދައްކާގޮތުން، ގެސްޓް ހައުސްގެ ވިޔަފާރި މިހާރު އެންމެ ފުޅާވަމުން އަންނަނީ އއ. ތޮއްޑޫ ގައެވެ.

މިއަހަރުގެ ޖެނުއަރީމަސް ނިމުނުއިރު ޓޫރިޒަމްގެ ތަފާސްހިސާބުތަކުގައިވާ ގޮތުން 13،657 ގެސްޓްހައުސް އެނދު ހުއްޓެވެ. ނަމަވެސް މިހާރު އެނދުގެ އަދަދު ވަނީ 14،903 އަށް އިތުރުވެފަ އެވެ. މިއީ 1،246 އެނދުގެ އިތުރު ވުމެެކެވެ.

ގެސްޓހައުސް އިތުރު ވަމުން އަންނަ ގޮތަށް ބަލާއިރު މިދިޔަ އަހަރު ނިމުނުއިރު 809 ގެސްޓް ހައުސް އެނދު ހުރި ނަމަވެސް އެ އަހަރު ނިމުނުއިރު 883 ގެސްޓް ހައުސް އެނދު ހުއްޓެވެ.

ރިސޯޓުތަކަށް ބަލަލާއިރު 176 ރިސޯޓުގައި މިއަހަރު ފެށުނުއިރު 43،279 އެންދު ހުއްޓެވެ. ނަމެވެސް އޮފް ސީޒަނަށް ބައެއް ރިސޯޓްތައް ބަންދުކޮށްފައިވާތީ ރިސޯޓު ތަކުގެ އެނދުގެ އަދަދު ވަނީ 174 މަދު ވެފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ ޓޫރިޒަމްގެ ދައިރާގައި ފަތުރުވެރިންނަށް ހިދުމަތް ދޭންހުރި ޖުމްލަ އެނދުގެ އަދަދު ވަނީ 62،814 އަށް އިތުރު ވެފަ އެވެ.