ހައްޖުގެ އަޅުކަން

ހައްޖުވެރިން މިމަހު 20 ގައި ރާއްޖެ އަންނަނީ

Jul 12, 2022
ދިވެހި ހައްޖުވެރިން އެމީހުން މައްކާގައި ތިބޭ ހޮޓަލުގެ ބޭރުގައި މަޑުކޮށްލައިގެން -- ފޮޓޯ: ހައްޖު ކޯޕަރޭޝަން
0%
0%
0%

ދިވެހި ހައްޖުވެރިން މި މަހު 20 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް އަންނަން ފަށާނެ ކަމަށް ދިވެހި ހައްޖު މިޝަނުން ބުނެފި އެވެ.

ތިން ދުވަހަށް ބަހާލައިގެން ހައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20، 23 އަދި 27 ވަނަ ދުވަހު އެވެ.

މިއަހަރު ރާއްޖެ އިން ހައްޖަށް ދިޔަ ހުރިހާ ހައްޖުވެރިންވެސް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ސައުދި އަރަބިއްޔާގެ ގައުމީ އެއާލައިން "ސައުދިއާ" އިންނެވެ.

ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު ދިވެހި ހައްޖުވެރިން މިވަގުތު ތިބީ މައްކާގައި ހޮޓަލްގައި ކަމަށާއި ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަނގަޅު ކަމަށް ހައްޖު މިޝަނުން ބުނެ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ދެކަނބަލުން މިއަހަރު ހައްޖަށް ވަޑައިގެން އިއްޔެ ވަނީ ދިވެހި ހައްޖުވެރިންނާ ބައްދަލުކުރައްވާފަ އެވެ.

ހައްޖުގެ އަޅުކަން އަދާކުރުމަށް މިއަހަރު ރާއްޖެއަށް ލިބިފައިވަނީ 453 ކޯޓާ އެވެ. ހުރިހާ ކޯޓާއެއް ވެސް ސަރުކާރުން ދިނީ ސަރުކާރުގެ ކުންފުނި -- ހައްޖު ކޯޕަރޭޝަނަށެވެ.

އަމީރުލް ހައްޖުގެ ގޮތުގައި ދިވެހި ސަރުކާރުން މިއަހަރު އައްޔަންކުރައްވާފައިވަނީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910