"ޔޫއެފާ ވިމެންސް ޔޫރޯ" 2022 ވަނީ މިދިޔަ ހަފްތާގައި ފަށައިފައެވެ. ކޮވިޑް-19 އާއި ގުޅިގެން އައި އެއް އަހަރު ދުވަހުގެ ފަސްކުރުމަކަށްފަހު، "ޔޫއެފާ ވިމެންސް ޔޫރޯ" މިއަހަރު ކުރިއަށް ގެންދަނީ އިނގެރޭސިވިލާތުގައެވެ.
މި މުބާރަތް ކުރިއަށްދަނީ މިމަހުގެ 7-31ގެ ނިޔަލަށެވެ. މި މުބާރަތުގެ މެޗުތައް ދިރާގު ޓީވީގެ "ސޮނީ ޓެން 2 އެޗްޑީ" ޗެނަލް -- ޗެނަލް ނަމްބަރު 104 އިންނާއި ދިރާގުޕްލޭ މޯބައިލް އެޕުން ވަގުތުން ބަލާލެވޭނެ އެވެ.
މެޗް ޝެޑިއުލްތައް ދިރާގު ޓީވީގެ ޓްވިޓާ އަދި ފޭސްބުކް އެކައުންޓްތަކުގައި ޕޯސްޓް ކުރަމުން ގެންދެ އެވެ.
ދިރާގު ޓީވީ ކަސްޓަމަރުންނަށް މިއަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް ބޭސިކް ޕެކޭޖް 350 ރުފިޔާއަށް ސަބްސްކްރައިބް ކޮށްގެން "ޔޫއެފާ ވިމެންސް ޔޫރޯ"ގެ މެޗުތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ޗެނަލްތަކާއި އެޗްޑީ ކޮލިޓީގައި ވީޑިއޯ އޮން ޑިމާންޑް ބަލާލެވޭނެ އެވެ. އަދި އެންމެ 65 ރުފިޔާ (ޖީއެސްޓީ ނުހިމެނޭ ގޮތަށް) ދިރާގުޕްލޭ އަށް ސަބްސްކްރައިބް ކޮށްގެން ކޮންމެ ތަނެއްގައި ހުރެގެންވެސް ހުރިހާ މެޗުތަކެއް ބަލާލެވޭނެ އެވެ. ދިރާގު ފައިބާ ބްރޯޑްބޭންޑް ވައިފައި މެދުވެރިކޮށް ސްޓްރީމް ކުރާއިރު މި ހިދުމަތް އިތުރު ޚަރަދަކާ ނުލާ ބޭނުންކުރެވޭނެ އެވެ.
މީގެ އިތުރުން އަލަށް ދިރާގު ޓީވީއަށް ސަބްސްކްރައިބް ކުރާ ފުރަތަމަ 300 ކަސްޓަމަރުންނަށް ހިލޭ ކަނެކްޝަން، ހިލޭ ޖޯއިބޮކްސް އަދި ހިލޭ ވަޔަލެސް ކީބޯޑް (ފުރަތަމަ 300 ކަސްޓަމަރުންނަށް) ލިބިގެންދާ ލިމިޓެޑް އޮފާ ޕްރޮމޯޝަނެއްވެސް ދިރާގުން ވަނީ ތަޢާރަފްކޮށްފައެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ މިމަހުގެ ނިޔަލަށެވެ.
ދިރާގު ޓީވީ އިން އެކި އުމުރުފުރާތަކާއި އޯޑިއަންސްތަކާ ގުޅޭ ތަފާތު ގިނަ ޗެނަލްތައް ފޯރުކޮށްދެ އެވެ. މީގެ ތެރޭގައި ޑިޒްނީގެ އެކި ޗެނަލްތަކާއި، ސޮނީ ސްޕޯޓްސްގެ އެކި ޗެނަލްތަކުގެ އިތުރުން ޑީސްކަވަރީއާއި ސްޓާ ޗެނަލްތައް ހިމެނެ އެވެ. މީގެ އިތުރުން ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ހަބަރާއި މައުލޫމާތު ފޯރުކޮށްދޭ އެކި ޗެނަލްތަކާއި އިސްލާމީ ޗެންލްތައްވެސް ދިރާގުޓީވީ އިން ލިބެ އެވެ.
ދިރާގުގެ ޑިޖިޓަލް އައިޕީޓީވީގެ ހިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން، މުޅި ރާއްޖޭގެ 84 ޕަސަންޓު ގޭބިސީއަށް މިހާރު ދިރާގު ޓީވީގެ ހިދުމަތް ލިބެ އެވެ.
ދިރާގު ޓީވީ އިން އަބަދުވެސް ބަލަނީ ކަސްޓަމަރުންގެ ޑިޖިޓަލް މުނިފޫހިފިލުވުމުގެ ތަޖުރިބާ އިތުރަށް ފުޅާކޮށް ފުރިހަމަކޮށްދީ އިތުރު ކޮލިޓީ ކޮންޓެންޓާއި އާ އޮފާތައް ގެނެސްދިނުމަށް ކަމަށް ދިރާގުން ބުނެ އެވެ.