ރާއްޖޭގެ ބައެއް ރަށްތަކަށް މިއަދު އުދައަރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ -- މެޓް އޮފީހުން ލަފާކޮށްފި އެވެ.
މެޓް އޮފީހުން މިހާރު ވަނީ ސަމާލުވުމަށް އަންގައިދިނުމުގެ ގޮތުން ވައިޓް އެލާޓްވެސް ނެރެފަ އެވެ.
ތ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގައި ހިމެނޭ ރަށްތަކަށް އުދައަރާފާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ.
މެޓް އޮފީހުން އިއްޔެވެސް ވަނީ ބައެއް ހިސާބުތަކަށް އުދައަރާނެ ކަމަށް ބުނެ ވައިޓް އެލާޓް ނެރެފަ އެވެ. އަދި ބައެއް ރަށްތަކަށް އިއްޔެ އުދައަރާފައިވެ އެވެ.
ރާއްޖޭގެ ދެކުނުގެ ބައެއް ރަށްތަކަށް މިދިޔަ ހަފްތާ ވަރަށް ބޮޑަށް އުދައަރާ ބައެއް ގެތަކަށް ގެއްލުން ލިބިފައިވެ އެވެ. އުދައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އައްޑޫ ސިޓީ އަށެވެ.